އެޕަލް ކުންފުނިން އުފައްދާ އައިފޯން ސީރީޒްގެ ތިން މޮޑަލްއެއް ރޭ ތައާރަފްކޮށްފި އެވެ.

ކެލިފޯނިއާގެ ކޫޕަޓީނޯގައި ހުންނަ އެޕަލްގެ ހެޑްކުއާޓާސްގެ ސްޓީވް ޖޮބްސް މެމޯރިއަލް ތިއޭޓާ ހޯލްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ލޯންޗުކޮށްފައިވަނީ އައިފޯން 11، އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސްއެވެ.

މީގެ އިތުރަށް އެޕަލް ވޮޗް 5އާއި އެޕަލް ޓީވީ ޕްލަސްވެސް ވަނީ ލޯންޗުކޮށްފައެވެ.

އެޕަލްއިން މީގެ ކުރިން ނެރުނު އެހެން ފޯނުތަކާއި އަޅާބަލާއިރު ރޭ ތައާރަފްކުރި އެޕަލްގެ ތިން ފޯނުގައިވެސް އެންމެ ހާއްސަ ފީޗާ އަކީ ފޯނުގެ ކެމެރާއާއި ބެޓަރީ ޕަވަރއެވެ.

އެގޮތުން އައިފޯން 11 ހަ ކުލައަކުން ލިބެން ހުރި އިރު، ފޯނުގެ ފަހަތުގައި ދެ ކެމެރާއާއި ޕްރައިމަރީ ކެމެރާ ހިމެނެއެވެ.

އައިފޯނު 11ގެ ފަހަތުގައި ހުންނަ ދެ ކެމެރާއަކީ ވައިޑް ކެމެރާ އަކާއި ވީޑިއޯއަށް ހާއްސަ ކެމެރާއެއް،،، އަދި ފަހަތުގައިވާ ދެ ކެމެރާއިން 4ކޭ ގައި ވީޑިއޯ ކުރެވެއެވެ. އަދި ނައިޓް މޯޑުގައި ވެސް ފޮޓޭ ނެގެން ހުރެ އެވެ. މިއީ އައިފޯނަށް މުޅިން އަލަށް ތައާރަފް ކުރި ފީޗާއެކެވެ.

ފޯނުގެ ކުރިމަތީގައިވެސް އަދި ފަހަތުގައިވެސް ހަރުކޮށްފައިވާ ދެ ކެމެރާ އަކީވެސް 12 މެގަ ޕިކްސެލްގެ ކެމަރާތަކެކެވެ. މިފޯނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފީޗާ އަކީ ކުރިމަތި ކެމެރާއިން އަލަށް ސްލޯމޯ ވީޑީއޯ ނެގުމެވެ.

ފޯނުގެ ޑިސްޕްލޭ ހަދާފައިވަނީ އެލްމިނިއަމް އަދި ބިއްލޫރިންނެވެ އައިފޯން 11ގެ 64 ޖީބީ، 128 ޖީބީ އަދި 512 ޖީބީގެ ފޯން ލިބެން ހުރެއެވެ.

މިފޯނުގެ އިތުރު ފީޗާ ތަކަށް ބަލާއިރު ފޭސް އައިޑީގެ އަޕްޑޭޓެއް ހިމެނޭ އިރު ވައިފައި ސިކްސް މިފޯނަށް ސަޕޯޓް ކުރެއެވެ.

ފޯނުގެ ޗާޖު 11 ގަނޑިއިރަށް ހިފަހައްޓާއިރު ދެ މިނިޓު ވަންދެން ވޯޓާ ރެސިސްޓެންޓް ކޮށްދޭނެ،،، އައިފޯން 11ގެ އަގު އުޅެނީ 699 ޑޮލަރަށެވެ.