ގައުމީ އެއާލައިން މޯލްޑިވިއަން އިން ހދ. ކުޅުދުއްފުއްޓަށް ކުރާ ދަތުރުތަކަށް އޮންލައިންކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

މޯލްޑިވިއަން އިން ބުނީ އެ އެއާލައިން އިން ކުޅުދުއްފުއްޓަށް ބާއްވާ ދަތުރުތަކުގެ ޓިކެޓު މިހާރު އޮންލައިންކޮށް ގަނެވޭނެ ކަމަށެވެ.

މީގެ ކުރިން ކުޅުދުއްފުއްޓަށް ކުރި ދަތުރުތަކުގެ ޓިކެޓު ވިއްކީ މޯލްޑިވިއަންގެ ޓިކެޓިން އޮފީސްތަކުންނެވެ.