ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރ. އަތޮޅަށް މިއަދު ވަޑައިގެންފި އެވެ.
ރައީސްގެ މިދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ރ. މީދޫ އާއި އަލިފުއްޓަށެވެ.
ރައީސް އަލިފުއްޓަށް ކުރައްވާ ދަތުރުފުޅުގައި އަލިފުށީ ސުކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ބައިވެެރިވެވަޑައިގަންނަވާނެ އެވެ.
މީދޫ އަށް ކުރައްވާ ދަތުރުފުޅުގައި އެރަށުގެ ކައުންސިލާ ބައްދަލުކުރައްވާ ރަށުގެ އާންމު ހާލަތު އޮޅުން ފިލުއްވާނެ އެވެ.