މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ބިދޭސީ މީހާ ވެއްޓުނީ މަޖީދީމަގާއި ރައްދެބައިމަގު ގުޅުނު ހިސާބުގައި ހަދަމުންދިޔަ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ކަމަށެވެ.

މިކަމާ ގުޅޭ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10:45 ހާއިރު ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެެވެ.

އަނިޔާ ލިބުނު އުމުރުން 27 އަހަރުގެ މީހާ އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް ދެއްކުމަށްފަހު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށެެވެ.