އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި މިފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 16ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ފުރުސަތު ހުޅުވާލާފައި މިވަނީ އެ ކޮމިޝަނުގެ ނައިބް ރައީސް އަމްޖަދު މުސްތަފާގެ މެންބަރުކަމުގެ މުއްދަތު މިއަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ އަމުޖަދުގެ އިތުރުން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި، އަހްމަދު އަކްރަމާއި، އިސްމާއީލް ހަބީބުގެ އިތުރުން އަލީ ނަޝާތު އެވެ.