ޓްރީޓޮޕް ހޮސްޕިޓަލުން ޑައިލަސިސް ޚިދުމަތުގެ އަގު ހެޔޮކޮށްފި އެވެ.

ޓްރީޓޮޕުން ބުނީ އާސަންދަ ކެނޑުމަށްފަހު ކޮންމެ ޑަޔަލަސިސް ހިދުމަތަކަށް ނަގާނީ 1000 ރުފިޔާ ކަމަށެވެ.

ހީމޯޑަޔަފިލްޓްރޭޝަން ފަރުވާއަކީ ޑަޔަލަސިސް ފަރުވާއަށް މިހާރުދެވޭ އެންމެމަތީ ފެންވަރުގެ އަދި އެންމެ ފުރިހަމަ ފަރުވާކަމުގައިވަނީ ފާހަގަކުރެވިފަ އެވެ.

މިހިދުމަތް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ނެފްރޮލޮޖީ ޑިޕާޓްމަންޓްގެ ޑރ. މްލާޑެން ނޯޓެކް، ކޮންސަލްޓަންޓް ނެފްރޮލޮޖިސްޓްއެވެ. އަދި އަމަލީ އެހީތެރިކަން ފޯރުކޮށްދެނީ ކިޑްނީ ބަލިތަކައް ތަމްރީން ކުރެވިފައިވާ ނަރުހުންނެވެ.

ޑަޔަލަސިސްގެ ހިދުމަތް ހޯދަމުންދާ ފަރާތްތަކުގެ ތެރެއިން، ހީމޯޑަޔަފިލްޓްރޭޝަންގެ ފަރުވާ ބޭނުންކުރާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު އާންމު ގޮތެއްގައި އާދައިގެ ޑަޔަލަސިސް ފަރުވާ ބޭނުންކުރާ ފަރާތްތަކަށްވުރެ ރަނގަޅުކަމުގައި ދިރާސާތަކުން ދައްކަ އެވެ.

މިފަރުވާގައި ބޭނުންކުރެވޭ ފެނުގެ ސާފުތާހިރުކަމުގެ ފެންވަރު މަތިކުރެވިފައިވުމުގެ ސަބަބުން، އެހެނިހެން ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވާ ކަމަށް ޓްރީޓޮޕުން ބުނެ އެވެ.