"ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް" ގެ ޕްލެޓިނަމް ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައިފި އެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި އެސްޓީއޯ އާއި އޭޑިކޭ އިން ސޮއިކޮށްފައި ވާއިރު، އޭޑީކޭގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކްޒެކެޓިވް ސެކްރެޓަރީ މަރިޔަމް ޕަރުވީން އެވެ.

"މޯލްޑިވްސް ބްރެއިން އެންޑް ސްޕައިނަލް ކޮނަފަރެންސް 2019" މި މަހުގެ 17 އިން 19 އަށް ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބާއްވަން ނިންމާފައިވާއިރު، މިއީ މި ސިލްސާގެ ތިންވަނަ ކޮންފަރެންސެވެ.

މިއަހަރުގެ ކޮންފަރެންސްގެ މެއިން ސްޕޮންސާ އަދި ޑައިމަންޑް ޕާޓްނަރަކީ މެޑިކަލް އިއުއިޕްމަންޓްސް ރާއްޖެއަށް އެތެރެކުރާ ކުންފުންޏެއް ކަމަށްވާ ވޯލްޑިވްސްއެވެ. އެސްޓީއޯގެ އިތުރުން ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި ހިމެނެނީ ގްލެންމާކް، ޑރ. ރެޑީ، މެޑިކިއުޕް މޯލްޑިވްސް އަދި އޭޑީކޭ ފާމަސޫޓިކަލްވެސް ހިމެނެއެވެ.

"ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް" އަކީ ސިކުނޑިއާއި، މައިބަދައިގެ ބަލިތަކާއި، އެ ބަލިތަކަށް ފަރުވާދިނުމަށް ކުރެވޭ ދިރާސާތަކާއި، އެ ދާއިރާގައި ފަރުވާ ދިނުމަށް ހޯދިފައިވާ އެންމެ ފަހުގެ އީޖާދުތަކާއި ހޯދުންތައް އަދި އުފެއްދުންތަކާބެހޭ ގޮތުން ބާއްވާ ކޮންފަރެންސެއް ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.