މިހާރު ކުރިއަށްދާ ގައުމީ ހަތްވަނަ ހޭންޑުބޯޅަ މުބާރާތުގެ ސެކަންޑް ޑިވިޒަންގެ އަންހެން ބައިގެ ސެމީގެ ފުރަތަމަ ޖާގަ ޒެފްރޯލް އަދި ފިރިހެން ބައިން ލަޔަންސް ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ފިރިހެން ބައިގައި ޖުމްލަ ހަތަރު ޓީމް ވާދަކުރާއިރު ގުރޫޕް ސްޓޭޖުގައި ބާކީ އޮތީ އެއް މެޗެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ލީގުގެ އެއްވަނަ ޓީމުގެ ގޮތުގައި ލަޔަންސް ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. އެޓީމު މެޗުތައް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ މެޗުގައި ރެޑުވިންގްސްއާ ވާދަކޮށް 32 ލަނޑު 17 ލަންޑުން، ނެވެ.

ދެވަނަ މެޗުގައި ފުލިދޫގެ މައްޗަށް ލަޔަންސް ކާމިޔާބު ހޯދީ 25 ލަނޑު 23 ލަނޑުން ނެވެ. އަދި ގުރޫޕް ސްޓޭޖުގައި އެޓީމު ކުޅުނު ފަހު މެޗުގައި ކުލަބް ޒެފްރޯލް ބަލި ކުރީ 26 ލަނޑު 24 ލަނޑުން ނެވެ. މި ބައިގައި ދެން ވާދަކުރާ ތިން ޓީމް ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާއިރު ފައިދާ ގޯލަށް ބަލާ ސެމީއަށް ދަތުރުކޮށްފައިވަނީ ފުލިދޫ އަދި ރެޑް ވިންގްސް އެވެ.

މި މުބާރާތުގައި އަންހެން ބައިގައި 10 ޓީމެއް ވާދކުރާއިރު މި ބައިގެ މެޗުތައް ކުޅެނީ ދެ ގުރޫޕަކަށް ބަހައިލައިގެންއެވެ. އެގޮތުން ގުރޫޕް 1 ގައި ހިމެނެނީ ޒެފްރޯލް، އާއީސްޕޯޓްސްކުލަބު، ރެޑުހޯކު، ޒެނިތު، އަދި އިޒްލާނޯއެވެ.