ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް ވެރިކަން ކުރާ މައި ޕާޓީ، އަދި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީން އެދެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މަޖިލީހުގެ ދައުރުން ބޭރުގައި ހާއްސަ ޖަލްސާއެއް ބާއްވައި ދިނުމަށް އެދި އެޕާޓީން ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް ދައުރުން ބޭރުގައި ކުއްލިއަކަށް މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެދިވަޑައިގެންނެވި ސަބަބެއް އާޒިމް ވިދާޅެއް ނުވެ އެވެ.