ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހް ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ އެންމެ ފުރަތަމަ ވަޑައިގެންނެވީ ރ. މީދޫ އަށެވެ. އޭގެފަހުން އުނގޫފާރަށް ވަޑައިގަތުމަށްފަހު ރައީސް ދެން ވަޑައިގަތީ ރ. އަލިފުއްޓަށެވެ.

ރައީސް ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ޒިޔާރަތުގައި އެރަށްތަކުގެ ކައުންސިލްތަކާ ބައްދަލުކުރައްވާ ރަށްތަކުގެ އާންމު ހާލަތު އޮޅުން ފިލުއްވާފައިވެ އެވެ.

މީގެއިތުރުން އަލިފުށީ ސުކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ހާއްސަ ޖަލްސާ ޝަރަފްވެެރިކޮށްދެއްވާފައިވެ އެވެ.