މާލެގެ ގެއެއްގެތެރޭގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުންބުނީ މާލޭގެ މާފަންނުގައި ހުރި ގެއެއްގައި ޒުވާނަކު މަރުވެފައި އޮތްކަން މިއަދު 9:30 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވައިވާކަމަށެވެ.

ފުލުހުންބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ އަދި އެމީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާކަން ފާހަގަ ކުރެވިފައިނުވާކަމަށެވެ.

ފުލުހުން ބުނީ މިމައްސަލައިގައި ބަލަންޖެހޭކަންކަން މިހާރު ބަލަމުންދާކަމަށް ފުލުހުންބުނެ އެވެ.

މި ފަހަކަށް އައިސް މިފަދަގޮތަކަސް އައިސް މިފަދަ މައްސަލަތައްދަނީ އިތުރުވަމުންނެވެ.