ވ.ތިނަދޫ އިން ދިރިއުޅުމަށްޓަކާ ބަންޑާރަ ގޯތި ދޫކުރަން ނިންމައިފިއެވެ.

ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ޝިފާގު ހުސައިން ވިދާޅުވީ ގޯތި ދޫކުރަން ނިންމީ މިކަމުގެ ހުއްދަ މޯލްޑިވްސް ލޭންޑް ސާރވޭ އޮތޯރިޓީން ލިބުމުން ކަމަށެވެ.

އެރަށުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2000 އަކަފޫޓްގެ 30 ގޯއްޗެވެ.

ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ ތިނަދޫގެ ހުޅަނގުފަރާތު މީހުން ދިރިނޫޅޭ ހިސާބު ވަލުތެރެއިން ގަބުރުސްތާން ކައިރިން ފެށިގެން ކަމަށްވެސް އެރަށު ކައުންސިލުން މައުލޫމާތުދެެއެވެ.