އިނގިރޭސި ޝާހީ އާއިލާއަށް ތާއީދުކުރާ މީހުން ނުވަތަ 'ފޭނުން' ތިބެނީ ޝާހީ އާއިލާގެ ކަންކަމަށް އަބަދުވެސް ފާރަވެރިވެ ބަލަބަލައެވެ. އަދި ފާޑުވެސް ކިޔައެވެ.

މިފަހަރު ފާޑުކިއުން މި އަމާޒުވީ ޑޫކް އޮފް ސަސެކްސް ޕްރިންސް ހެރީގެ 35 ވަނަ އުފަންދުވަހު އޭނާއަށް ބޭބެ ޕްރިންސް ވިލިއަމް ތަހްނިޔާކީ ގޮތުންނެވެ.

ޝާހީ އާއިލާގެ ފޭނުން ހިތްހަމަ ނުޖެހިގެން އުޅެނީ ޕްރިންސް ވިލިއަމް އޭނާގެ ހުރި ހަމައެކަނި ކޮއްކޮއަށް އުފަންދުވަހުގެ ތަހްނިޔާ 'އާދައިގެ' ގޮތަކަށް ކިޔުމުންނެވެ. އެއްވެސް ހާާއްސަކަމެއް ވިލިއަމްގެ މެސެޖްގައި ނެތުމުންނެވެ.

ފާޑުކިއުން އަމާޒުވި އިންސްޓަގްރާމް ޕޯސްޓަކީ 'ކެންސިންޓަންރޯޔަލް' ގެ ނަމުގައިވާ އިންސްޓަގްރާމް ޕޭޖުގައި ކޮއްކޮއަށް އުފަންދުވަހުގެ ތަހްނިޔާ ކިޔާލުމަށް 15 ސެޕްޓެމްބަރުގައި ކުރި ޕޯސްޓެކެވެ. އެއީ ހެރީއާއި މޭގަން މާކެލްގެ ކައިވެނި ހަފްލާގައި ވިލިއަމް ހެރީ އާއިއެކު ނަގާފައިވާ ފޮޓޯއަކާއެކު ލިޔެފައިވާ އާދައިގެ ކެޕްޝަނެކެވެ.