ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ޤައުމީ ޓެނިސް މުބާރާތުގެ މެއިން ސްޕޮންސަރަކަށް ޤައުމީ ބޭންކް ކަމަށްވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ތިން އަހަރުދުވަހުގެ އެއްބަސްވުމެކެވެ. އެއްބަސްވުމުގެ ދަށުން ގައުމީ މުބާރާތް ކުޅޭނީ ބީއެމްއެލްގެ ބޮޑު އެހީއަކާއެކުގައެވެ.

ގައުމީ ޓެނިސް ކޯޓުގައި ކުރިޔަށްދިޔަ ހާއްސަ ހަފުލާއެއްގައި ބީއެމްއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އެވެ. ޓެނިސް އެސޯސިއޭޝަނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް އަހުމަދު ނަޒީރެވެ.

ބީއެމްއެލް އިން ބުނީ މި އެއްބަސްވުމުގެ މަގުސަދަކީ ޒުވާން ހުނަރުވެރި ކުޅުންތެރިން ބިނާކުރުން ކަމަށާއި އަރަމުން އަންނަ ޒުވާން ހުނަރުވެރި ކުޅުންތެރިންގެ އަގުވަޒަންކުރުން ކަމަށެވެ.