ރާއްޖޭގެ ސްކޫލެއްގައި ހިންދީ ދީނުގެ ދީނީ ހަފްލާއެއް ބޭއްވި ކަމަށް ބުނާ މައްސަލަ ބަލަމުންދާކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ މިކަން ހާމަކުރީ މިރޭ އެމިނިސްޓްރީން ކޮށްފައިވާ ޓްވީޓެއް ގައެވެ.

އެހެން ނަމަވެސް އެފަދަ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ބުނުން ފިޔަވައި، އިތުރު އެއްވެސް މައުލޫމާތެއް އެމިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.