މިހާރު ކުރިއަށްދާ ގައުމީ ހޭންޑުބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ އަންހެން ފައިނަލަށް މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޒެފްރޯލް ދަތުރުކޮށްފިއެވެ.

ޒެފްރޯލް ފައިނަލަށް ދަތުރުކުރީ ގުރޫޕް ސްޓޭޖް އެއްވެސް މެޗަކުން ބަލިނުވެއެވެ. ސެމީފައިނަލްގައި ކީންސް އަތުން ޒެފްރޯލް މޮޅުވީ 22 ގޯލް 6 ގޯލުންނެވެ. ފައިނަލްގައި ޒެފްރޯލްއާ ބައްދަލުކުރާނީ ޕޮލިސް ކުލަބެވެ. ޕޮލިސް ފައިނަލަށް ދިޔައީ ސެމީފައިނަލުގައި ޒެނިތު 8 ގޯލް 6 ގޯލުން ބަލިކޮށްގެންނެވެ.

މިއީ ފައިނަލެއްގައި މި ދެޓީމް ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މީގެކުރިން މި ދެ ޓީމްގެ ކުރިމަތިލުންތަކަށް ބަލާއިރު މިހާތަނަށް ޕޮލިހަށް ޒެފްރޯލްގެ މައްޗަށް ކުރި ހޯދިފަ

އެއް ނުވެއެވެ. ހަވަނަ ގައުމީ ހޭންޑުބޯލް މުބާރާތުގައި ގުރޫޕް ސްޓޭޖުންނާއި ސެމީން ވެސް މޮޅުވެފައިވަނީ ކުލަބް ޒެފްރޯލް އެވެ.

ހަތްވަނަ ގައުމީ ހޭންޑުބޯލް މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފިރިހެންބައިން ފައިނަލަށް ގޮސްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ލަޔަންސްއެވެ. އެޓީމާ ދެކޮޅަށް ފައިނަލްގައި ނިކުންނާނީ ފުލިދޫ އެފްސީ އެވެ. ފުލިދޫ ފައިނަލަށް ދިޔައީ ސެމީފައިނަލްގައި ޒެފްރޯލް 30 ގޯލް 29 ގޯލްއިން ބަލިކޮށްގެންނެވެ. މި މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ މެޗުތައްވެސް މިހާރު ވަނީ ފަށާފައެވެ.

މި މުބާރާތުގައި މިއަހަރު 20 ޓީމް ވަނީ ބައިވެރިވެފައެވެ. މިއީ މިހާތަނަށް ގައުމީ މުބާރާތުގައި އެންމެ ގިނަ ޓީމް ވާދަކުރާ ފަހަރެވެ. އެއީ ފުރަތަމަ ޑިވިޒަން ފިރިހެން 3 ޓީމާއި އަންހެން 3 ޓީމެވެ ސެކަންޑް ޑިވިޒަންގައި ވާދަކުރަނީ ފިރިހެން 4 ޓީމާއި އަންހެން 10 ޓީމެވެ.

މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅޭނީ މި މަހުގެ 22 އަދި 23 ގައެވެ. މި މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުޅެނީ ނެޝަނަލް ހޭންޑުބޯޅަ ދަނޑުގަައެވެ.