ކްރިމިނަލް ކޯޓްގެ ޤާޟީއަކާއި ސިވިލް ކޯޓްގެ ދެ ޤާޟީ އަދި މެޖިސްޓްރޭޓެެއްގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި މައްސަލަތައް ބެލުމަށް ނިންމާފައިވަނީ، ކްރިމިނަލް ކޯޓްގެ ފަނޑިޔާރު ހަސަން ނަޖީބާއި ސިވިލް ކޯޓުގެ ފަނޑިޔާރު ހަސަން ފަހީމް އިބްރާހީމާއި ސިވިލް ކޯޓްގެ ފަނޑިޔާރު ހުސައިން ފާއިޒް ރަޝާދު އަދި އަދި ލ. ދަނބިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝަރީފްގެ ދެ މައްސަލައެވެ.

ޖޭއެސްސީން ބަލަން ނިންމާފައިވާ މި މައްސަލަތަކުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މިމައްސަލަތައް ބެލުމަށް ނިންމި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައިވަނީ ޖޭއެސްސީގެ ހަ މެމްބަރުންނެވެ.