މާލޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބުން ރޯވި ގެތަކުގައި ދިރިއުޅެމުން ދިޔަ ކިޔަވާކުދިންގެ ޔުނީފޯމާއި ސްކޫލަށް ބޭނުންވާ ސާމާނު ހަމަޖައްސަވާ ދެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ނިންމަވައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރޭގެ އަލިފާނުގެ ހާދިސާގައި އަސަރުކުރި ކިޔަވާ ދަރިވަރުންގެ ފޮތް ފަންސުރާއި ސްކޫލް ޔުނިފޯމު ދިނުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން މިއަދު ހަވީރު 5:00 އިން ފެށިގެން މިރޭ 9:00 ޖެހުމާއި ހަމައަށް މިތަކެތި އެޑިއުކޭޝަން މިނިސްޓްރީން ލިބެމުންދާނެ ކަމަށެވެ.

އަދި ސްކޫލަށް ބޭނުންވާ ފޮތާއި އެހެނިހެން ސާމާނު މާދަމާ ސްކޫލަތަކުން ލިބޭނެ އިންތިޒާމުވެސް މިހާރު ހަމަޖައްސާފައި ވާނެކަމަށް މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.