އިޓާލިއަން ލީގުގެ އެއް ވަނަ މަގާމު އިންޓަ މިލާނުން ދަމަހައްޓައިފި އެވެ.

އިންޓައިން މިމަގާމް ދެމެހއްޓީ ރޭ ވާދަވެރި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗް 2-0 ލަނޑުން ކާމިޔާބު ކޮށްގެންނެވެ.

ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި އިންޓަ މިލާނަށް ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު މާސެލޯ ބްރޮޒޯވިޗް އެވެ. އަދި މެޗުގައި އިންޓައިން ޖެހި އެޓީމުގެ ދެ ވަނަ ލަނޑު 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ.

މިލާން ޑާބީގެ ގޮތުގައި މަޝްހޫރުވެފައިވާ މިމެޗުން އިންޓަ ހޯދި މޮޅާ އެކު ލީގް ތާވަލްގެ އެއް ވަނަ މަގާމްގައި އެޓީމް އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓައެކު އެވެ. މިމެޗުން ބަލިވި އޭސީ މިލާން އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު ހަތް ވަނަ މަގާމްގައެވެ.

މީގެ އިތުރުން ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ވަނީ ވޯރޯނާއާ ދެކޮޅަށް ކުލުނުު މެޗު 2-1 ލަނޑުން ކާމިޔާބު ކޮށްފައެވެ. މިނަތީޖާއާއެކު ޔުވެންޓަސް މިވަގުތު އޮތީ ލީގުގައި މިހާތަނަށް ކުޅުނު ހަތުރު މެޗުން ލިބުނު 10 ޕޮއިންޓާއެކު ތާވަލްގެ ދެ ވަނަ މަގާމްގައެވެ.