މާފަންނުހައި ހުރި ގެއެއްގެ ހަތަރުވަނަ ފަންގިފިލާއިން ދުން އަރަމުންދާތީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި ދުން އަރަމުންދަނީ މ. ސްލީޓްވިލާ ނަމަކަށްކިޔާ ގެއިންނެވެ.

މިއީ، ކަރަންޓްޝޯޓެއްގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ކަމަށް ބެލެވޭތީ ސްޓެލްކޯއިން ވެސް ހަރަކާތްތެރިވަމުން ދާކަމަށް މައުލޫމާތު ލިބެއެވެ.

އެ ގެއިން ދުން އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަން އެމްއެންޑީއެފުންވަނީ ކަށަވަރު ކޮށްދީފައެވެ.