ރާއްޖޭގެ ވެރިރަށް މާލެއަކީ ދިރިއުޅޭ އާބާދީ ބޮޑުވުމާއި، ވެހިކަލްތަކުން ތޮއްޖެހިފައިވާ ތަނަކަށް ވާތީ އެތައް މައްސަލަތަކެއް ކުރިމަތިވެފައިވާ ސިޓީ އެކެވެ. ބައެއް މީހުންގެ ނަޒަރުގައި މާލެއަކީ މިއަދު ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫނެވެ.

މާލެއަށް ދިމާވެފައިވާ ތަފާތު މައްސަލަތަކާއި ގުޅިގެން އެފަދަ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުމަށްޓަކައި އެކިއެކި ފަރާތްތަކުން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިފަދަ ހަރަކާތްތައް ހިންގުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯ އަކީ ފާހަގަކުރަންޖެހޭ ކުންފުންޏެކެވެ. އެގޮތުން ފައި މަގުގައި ހިނގާފައި އޮފީހަށް ދިއުމުގެ ދުވަހެއް ފާހަގަކޮށް އެސްޓީއޯ މިއަދުވެސް މިވަނީ ތަފާތު ދައްކާފަ އެވެ.