"ސޭވް މޯލްޑިވްސް" އަކީ މީގެ ތިން އަހަރު ކުރިން ފެށިގެން އައި ހަރަކާތެކެވެ. މިޢި ތަރައްގީގެ ނަމުގައި ފަޅުތަކާއި، ފަރުތައް ހިއްކާ ހަލާކު ކުރަމުންދާއިރު އެތަން ބަލަން ކެތް ނުވި ދިވެހިންތަކެއް ވެގެން އުފެއްދި ޖަމިއްޔާއެކެވެ. ޖަމިއްޔާއެއް އުފައްދަން ހިޔާލު ކުރީ، ކުޅުދުއްފުށީ ކުޅި ހިއްކައި، އެއާޕޯޓު އަޅަން ނިންމި ހިސާބުންނެވެ. ޢާޑީ އެފަދަ އެތައް ކުޅިތަކަކާއި ގުދުރަތީ އެތައް ތަނެއް ހިމާޔަތް ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަން ވިސްނި، މުޅި ރާއްޖެ ހިމާޔަތް ކުރުމަށް "ސޭވް މޯލްޑިވްސް" ނިކުތީ އެވެ.

ސޭވް މޯލްޑިވްސްއިން މިހާތަނަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްފައި ވާއިރު، ގިނަ ބައެއްގެ އެއްބާރުލުން އެ ޖަމިއްޔާގެ ހަރަކާތްތަކަށް އަންނަނީ ލިބެމުންނެވެ. އަދި ދެ ޖިންސުގެ އެކި އުމުރުފުރައިގެ ރައްޔިތުން އަންނަނީ މިހަރަކާތްތަކުގައި ބައިވެރިވަމުންނެވެ. މިހަރަކާތްތަކުގައި މައިގަނޑު ގޮތެއްގައި އޮންނަނީ ކަންބޮޑުވުންތައް ތިމާވެށްޓާއި މެދު ޖަމިއްޔާގެ ކަންބޮޑުވުންތައް ހިއްސާ ކުރުމެވެ. ވީނިއުސް އާއި ވާހަކަދައްކަމުން ސޭވް މޯލްޑިވްސްގެ މެމްބަރެއް ކަމުގައިވާ އަހުމަދު މުހައްމަދު (ފޯމީ) ވަނީ މިފަދަ ބައެއް ކަންބޮޑުވުންތައް ހިއްސާ ކޮށްފަ އެވެ.

"ރާއްޖެއަކީ ފްލެޓް ގައުމެއް. ކަނޑުގެ ލޮނުގަނޑު އުސްވިަޔސް އެންމެ ފުރަތަމަ އަސަރު ކުރާނީ ރާއްޖެ ފަދަ ތިރި ގައުމުތަކަށް. ހަތަރު، ފަސް އަހަރުވެއްޖެ އޭއޯއެސްއައިއެެސް ގައިވެސް ޗެއާ ކުރާތާ. އެންމެ ގިނަ ފަންޑުވެސް ލިބެނީ މިފަދަ ކުދި ގައުމުތަކަށް. އެކަމަކު އެފަންޑުތައް ދާ ތަނެއް، ކުރާ ކަމެއް ނޭންގެ." އަހުމަދު މުހައްމަދު ބުންޏެވެ.