ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހަޅުއްވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިމި މަޖިިލިސް ޗުއްޓީއަށް ގޮސްފައި ވަނިކޮށެވެ. ދައުރުން ބޭރުގައި ބޭއްވި ދެ ޖަލްސާއަށް ފަހު މި ބިލް އިތުރަށް ދިރާސާކުރުމަށް ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވާފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. ކޮމެޓީން ޖުމްލަ 9 ބައްދަލުވުމެއް މި ބިލް ދިރާސާކުރުމަށް ބާއްވާފައި ވާއިރު މި ބައްދަލުވުންތައް ވަނީ މަޖިލިހުގެ ގަވައިދުން ލިބޭ ބާރުގެ ދަށުން މީޑިޔާތަކަށް ނުވަދެވޭގޮތަށް ސިއްރުކޮށްފަ އެވެ.

ކޮމެޓީން މިހާރު މި ބިލް ދިރާސާކޮށް ނިންމާފައިވާއިރު ބިލްގެ ކޮމެޓީ ރިޕޯޓް ވަނީ މަޖިލީހުގެ ވެބްސައިޓަށް ލާފަ އެވެ. މީގެއިތުރުން މިބިލަށް ޚިޔާލު ހުށަހެޅުމަށް އާދިއްތަ ދުވަހުގެ މެންދުރު 12:00 ޖެހުމާއި ހަމައަށް މެމްބަރުންނަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.