މީގެ ދެ ދުވަހެއް ކުރިން މީސް މީޑިއާގައި އާންމު ކުރެވުނީ މަސްތުގެ ހާލަތުގައި ހުރި ދިވެހި ޒުވާނަކު މުދަށް ވެއްޓޭ މަންޒަރެވެ. ހަމައެއާއެކު މަސްތުވެ ވާނުވާ ނޭނގޭ ހާލުގައި މަގުމަތީގައި ގުދަށްތިބި އެތައް ޒުވާނުންގެ ވީޑިއޯ އާއި ފޮޓޯ އާންމުވެގެން ދިޔައެވެ.

މިއަދު އާންމުވެގެން އުޅެނީ ބިދޭސީންގެ ބަޔަކު ސައިކަލުތަކެއްގެ މަތީގައި މަޑުކޮށްލައިގެން ތިއްބާ އެތަނުން އެކަކުގެ ގަޔަށް ދިވެއްސަކު އައިސް ފެން ބާލިދީއެއް ޖަހާ ވީޑިއޯއެކެވެ. ފަހަރުގައި އެ ދިވެހި މީހާގެ ސައިކަލު މަތީގައި ހުއްދަ ނުނަގާ ބިދޭސީ މީހާ އިށީނދެ އިނުން ގޯސްވެ އެކަމުގެ ބަދަލުގައި ފެން ބާލިދީ ޖެހީކަމަށް ވެދާނެއެވެ.