މިދިޔަ އޮގަސްޓު މަހު ރާއްޖެއިން އެތެރެ ކުރެވުނު މުދަލުގެ އަގު މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 22 އިންސައްތަ ވަނީ ދަށްވެފައި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފި އެވެ.

ކަސްޓަމްސްއިން އިއްޔެ އާންމު ކުރި ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖެއިން 4.2 ބިލިއަންރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މިޢަދަދު ވަނީ 3.3 ބިލިއަން ރުފިޔާއަށް ދަށްވެފައި ކަމަށެވެ.

ވޭތުވެދިޔަ އޮގަސްޓް މަހު ރާއްޖެއަށް އެތެރެ ކުރެވުނު މުދަލާއި ބޭރު ކުރެވުނު މުދާ އަދި ލިބުނު އާމްދަނީއަށް ބަލާއިރު، ކަސްޓަމްސްއިން ބުނީ،

ފާއިތުވި އޮގަސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 13 އިންސައްތަ ވަނީ ދަށްވެފައި ކަމަށެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓް މަހު 301 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި ޢަދަދުވަނީ 262 މިލިއަން ރުފިޔާއަށް ވަނީ ދަށްވެފައި ކަމަށެވެ.