ޑިޖިޓަލް ޓެކްނޮލޮޖީތަކާއި ހިދުމަތްތަކުގެ އެހީގައި ރާއްޖޭގެ ގެސްޓްހައުސް ދާއިރާ ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެ، އުރީދޫ އާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްއެމްޕީއާރްސީގެ ރައީސް ތޮއްޔިބު މުހައްމަދު ޝަރަފްވެރި ކޮށްދެއްވި މިރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ، އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ނަޖީބް ޙާން، އަދި ގޭމްގެ ރައީސް އަޙުމަދު ކަރަމް އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ގިނަ ގެސްޓްހައުސްތަކެއްގެ ވެރިން ވެސް ބައިވެރިވިއެވެ.

އުރީދޫގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ، ނަޖީބް ހާން ވިދާޅުވީ ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ދިނުމުގައި ބައިވެރިވުމަކީ، އެންމެންގެވެސް ޒިންމާއެއް ކަމަށެވެ. އަދި އުރީދޫ އިން ޑިޖިޓަލް ރާއްޖެއަށް ދެމުންދާ އެއްބާރުލުމުގެ ދަށުން، ޑިޖިޓަލް މެދުވެރިކޮށް ރާއްޖޭގެ ގެސްޓްހައުސް ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ގޭމް އާއި ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައި ކަމަށް ވެސް ނަޖީބް ހާން ވިދާޅުވި އެވެ.

" ޒަމާނީ ފަތުރުވެރިން ބޭނުންވާ ފަދަ ފަސޭހަ ތަޖުރިބާތަޖެއް ފޯރުކޮށްދެވެނީ ޓެކްނޮލޮޖީގެ އެހީގައި. މިގޮތުން، ގޭމް އާއި އެކު އަޅުގަނޑުމެން މަސައްކަތް ކުރާނީ، ގެސްޓްހައުސްތަކަށް އެންމެ އެކަށޭނެ އަދި ބޭނުންވާ ޑިޖިޓަލް ޚިދުމަތްތަކާއި ގުޅުވާލަދީ، ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، ގެސްޓްހައުސް ވިޔަފާރި އައު ހަރުފަތަކާއި ހަމައަށް ގެންގޮސްދިނުމަށް." އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވިއެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، އަހުމަދު ކަރަމް ވިދާޅުވީ މި ޕާޓްނަރޝިޕަކީ ވަރަށް ގިނަ އެހީތެރިކަން ދެފަރާތަށްވެސް ލިބިދެވޭ މާނަވީ އެއްބަސްވުމެއް ކަމަށެވެ. އަދި ގެސްޓްހައުސް ދާއިރާ ގަބޫލު ކުރާ ގޮތުން އޮންލައިން ޓްރެވަލް އޮޕަރޭޓަރސް އަދި ޖުމްލަކޮށް ޑިޖިޓަލް އޭޖް އަށް އުފަންވުން އެއީ އެ އިންޑަސްޓްރީ އެހާ ބާރުމިނެއްގައި ކުރިއަށްދިއުމުގެ އެއް އަސްލު ކަމަށް ވެސް ކަރަމް ވިދާޅުވި އެވެ.

"އެންޑް ޓު އެންޑް ޑިޖިޓަލް ސޮލިއުޝަންސް ޕްރޮވައިޑަރއެއްގެ ގޮތުގައި އުރީދޫގެ އެހީތެރިކަން ލިބުން އެއީ، ވަރަށް ޝުކުރުވެރިކަމާއި އެކު ބަލައިގަންނަ ކަމެއް." ކަރަމް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސް އާއި ގޭމް އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އުރީދޫ އިން މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާހައުލާއި ގުޅޭ، ދިވެހި ގެސްޓްހައުސް ތަކަށް ބޭނުންވާފަދަ ފަހުގެ ޓެކްނޮލޮޖީތަކާއި ހިދުމަތްތައް ފޯރުކޮށްދީގެން، ގެސްޓްހައުސް ދާއިރާ އަށް އައު ފުރުސަތުތަކާއި ފާގަތިކަން ގެނެސްދިނުމަށް އެކުން ފުނިން މައުލުމާތު ދެއެވެ.

ގެސްޓްހައުސްތަކަށް ހާއްސަކޮށް އުރީދޫ އިން ފަރުމާކޮށްފައިވާ ޚިދުމަތްތަކާއި، އެހެނިހެން ވިޔަފާރިތަކަށް ފޯރުކޮށްދޭ ތަފާތު ޕްރޮޑަކްޓްތަކާއި ބެހޭ މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv/business އަށް ޒިޔާރަތްކުރުމުން ލިބޭނެ ކަމަށް ވެސް އުރީދޫއިން ބުނެއެވެ.