ޖޮގްލިންއިން ދުނިޔޭގެ ރެކޯޑް ގާއިމު ކޮށްފައިވާ މަޝްހޫރު މެރެތަން ޖޮގްލަރ މިކަލް ކެޕްރަލް ރާއްޖޭގައި އިތުރު ރެކޯޑެއް ގާއިމުކޮށްފި އެވެ.

އައްޑޫ ސިޓީގައި އިއްޔަ ބޭއްވި ޓީއެފްޖީ "ރަން އިން އައްޑޫ" ގައި ކަޕްރަލް ވަނީ 4 ބޯޅަ ބޭނުންކޮށްގެން 10 ކިލޯމީޓަރު ދުވެފައެވެ. ދުނިޔޭގައި މުޅިން އަލަށް ހެދި ރެކޯޑް އޭނާ ފުރިހަމަ ކޮށްފައި ވަނީ، 55 މިނެޓާއި 48 ސިކުންތުންނެވެ. މީގެ ކުރިންވެސް މި ރެކޯޑް އޮންނަނީ އޭނާ އަތުގައެވެ. އެހެންނަމަވެސް ކުރިން އޭނާ ވާދަކޮށްފައި ވަނީ 3 ބޯޅަ ޖޮގްލް ކުރަމުންނެވެ.