މަސްވެރިކަން ކުރަން އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 6:30 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)އަށް ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމުން ނޮދަން އޭރިއާ ކޮސްޓްގާޑް ސްކޮޑްރަންގެ އުޅަނދެއް އެ ދޯނި އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. 42 އ. އެމީހާއަށް ވަސް ފަރުވާ ދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާއެކު ސީއެމްބިއުލެންސްގައި ޅ. ނައިފަރަށް ގެންގޮސްދީފައިވާކަމަށް އެމްއެމްޑީއެފުން ވަނީ ބުނެފައެވެ.

މިހާދިސާ ހިނގާފައި ވަނީ، ޅ. ދިއްފުށިމާދޫގެ އިރުން 8 ނޯޓިކަލް މޭލު ބޭރުގައި "ހަނދުވަރީ" ދޯނި މަސްވެރިކަމަށް ނިކުމެ އެޅެނިކޮށެވެ.