އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ރަށުގެ ގޮނޑޮދޮށުން ވެލިނެގުމުގެ ދެ މައްސަލައެއް ގއ. ވިލިނގިލިން ހުށަހެޅި ހުށަހެޅުމާ ގުޅިގެން، ކަމާބެހޭ އިދާރާތަކާ ގުޅިގެން އެކަން ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މިކަމުގައި ހިމެނެނީ ވިލިނގިލީ ގޮނޑުދޮށުން އިއްޔެއާއި މިއަދު ވެލިނެގި މައްސަލައެވެ.

ފުލުހުން ބުނެފައިވަނީ، ވިލިނގިލީ އިބްރާހިމް މުހަންމަދު ކަލޭފާނު މަގުގެ ގޮނޑުދޮށުން އިއްޔެ 61 ބަސްތާ ވެލި ނެގި މައްސަލައަކާއި، ހަމަ އެރަށު ކުނި ކޮއްޓާ ދިމާ ގޮނޑުދޮށުން 100 ބަސްތާ ވެލި މިއަދު ނެގި މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.