އައްޑޫ ސިޓީ ބެޑްމިންޓަން ކޮމްޕްލެކްސްގެ މަސައްކަތް ނިންމައި، ސަރަހައްދީ މުބާރަތާއެކު އެތަން ރޭ ބޭނުންކުރަން ފަށައިފި އެވެ.

ހިތަދޫ ކޮމިއުނިޓީ ސެންޓަރާ އިންވެގެން އޮންނަ ހުސްބިމުގައި އިމާރާތްކޮށްފައިވާ ބެޑްމިންޓަން ކޮމްޕްލެކްސްގައި ރަސްމީކޮށް ބޭނުން ކުރަން ފަށާފައި މިވަނީ ރޭ ފެށި 21 އަހަރުން ދަށުގެ ސައުތު އޭޝިއާ ރީޖަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕާ އެކީގައެވެ. މިއީ މި މުބާރާތް ބާއްވާ ތިންވަނަ ފަަހަރެވެ.

މި ފަަހަރުގެ މުބާރާތުގައި ދެކުނު އޭޝިއާގެ 8 ގައުމުގެ ތެރެއިން 7 ގައުމަކުން ވާދަކުރެއެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ޕާކިސްތާން، ނޭޕާލް އަދި ބޫޓާނެވެ.

ކުޅިވަރާބެހޭ ވުޒާރާއިން ބުނީ، އަލަށް ހުޅުވި ބެޑްމިންޓަން ކޮމްޕްލެކްސްގައި 4 ބެޑްމިންޓަން ކޯޓު އެކުލެވޭ ގޮތަށް ބެޑްމިންޓަން ހޯލަކާއި ބައިނަލްއަގުވާމީ މުބާރާތްތައް ކުޅެވޭ ގޮތަށް ދެ ފަންގިފިލާގެ އިމާރާތެއް ގާއިމުކޮށްފައިވާ ކަމަށެވެ.