މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި ދީނީ ގޮތުން ދިވެހިރައްޔިތުންގެ ގިނަ ބަޔަކު ކަންބޮޑުވާ މައްސަލަތަކެއް ހުރިނަމަ، އެ ރިޕޯޓް ރާއްޖޭގައި ބޭނުން ކުރުން މަނާ ކުރަންޖެހޭ ކަމަށް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.

އެމްޑީއެން އިން ނެރެފައިވާ ރިޕޯޓެއްގަިއ ކީރިތި ޤުރުއާނަށް ހަޖޫޖަހާ، ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށްފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށެހޅި ކުއްލި މައްސަލަ ބަލައިގަތުމަށް ތާއީދުކުރައްވާ މެންބަރު ޝަރީފު ވިދާޅުވީ، އެފަދަ މައްސަލައެއް އުޅޭ ނަމަ ސަރުކާރުން އެކަން ބަލަންޖެހޭނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ގަބޫލު ނުކުރެވޭ ގޮތަކަށް ދީނާއި ފުށުއަރާ ރިޕޯޓެއް ނެރުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.