ޖަޕާން ސަރުކާރުން ހަދިޔާކުރި ފަޔަ ވެހިކަލްތައް އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ސާވިސްގެ ބެލުމުގެ ދަށުން ކަނޑައެޅިފައިވާ، ރާއްޖޭގެ 14 ފަޔަ ސްޓޭޝަނަކަށް ފޮނުވައިފި އެވެ.

އެމްއެންޑީއެފުން ބުނީ 14 ފަޔަ ސްޓޭޝަނަށް ފޮނުވާފައިވަނީ 24 ވެހިކަލާއި 05 ލޯންޗެވެ. މި ވެހިކަލްތަކުގެ ތެރޭގައި ހިމެނޭ ޓެންޑަ ވެހިކަލްގައި 1500 ލީޓަރު ފެން އުފުލުމުގެ ގާބިލްކަން ލިބިފައިވާއިރު ފޯމް ޓެންޑަ ވެހިކަލްގައި 200 ލީޓަރު ފޯމް ކޮންސެންޓްރޭޓް އަދި 4000 ލީޓަރު ފެން އުފުލެ އެވެ.

ޖަޕާން ސަރުކާރުން ހަދިޔާކުރި ވެހިކަލްތަައް ފޮނުވާފައިވާ ރަށްތަކަކީ މާލޭ، ހުޅުމާލޭ، ވިލިމާލެ، ކ. ތިލަފުށި، ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، އދ. މާމިނގިލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ލ. ކައްދޫ، ގދ. ތިނަދޫ، ޏ. ފުވައްމުލައް، ސ. ހިތަދޫ އަދި ސ ހުޅުމީދޫ އެވެ.