އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލައިގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މި ރިިޕޯޓުގެ މައްސަލައިގައި ރައީސް މިއަދު ނެރުއްވި ބަޔާނެއްގައި އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓުގައި ވާހަކަތަކެއް ހިމަނާފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓާ މެދު ދިވެހި ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް، އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުން ދަނިކޮށް، އެ ރިޕޯޓު ބަލައި ނުގަންނަކަމަށް ވިދާޅުވެ ރައީސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމްޑީއެން އިން 2015 ގައި ޝާއިއުކޮށްފައިވާ އެ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ފުށުއަރާ އަދި އިސްލާމްދީނަށާއި ކީރިތި ރަސޫލާ އަށް ތައުހީނުވާ ފަދަ ބައެއް ވާހަކަތައް ހިމަނާފައި ވުމީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ބަލައި ދިވެހި މުޖުތަމައުގައި ގާއިމްވެފައި އޮތް ހަމަޖެހުމާއި، ދީނީ އެއްބައިވަންތަކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.