މޯލްޑިވިއަން ޑިމޮކްރެސީ ނެޓުވޯކް (އެމްޑީއެން) އިން އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ލިޔެ ނެރުނު ރިޕޯޓުގެ މައްސަލަ ބަލާނީ ވަކި ކޮޅަކަށް ނުޖެހިކަމުގެ ޔަގީންކަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދެއްވައިފި އެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ އެ މުއައްސަސާއިން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ދެކި، ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއިން އެ މުއައްސަސާގެ ގާނޫނީ ޒިންމާ އަދާކުރަނީ ބިރެއްނެތި އަދި ވަކި ކޮޅަކަށް ނުޖެހި ކަމަށް ސީޕީ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.