އުރީދޫ މޯލްޑިވްސް އިން "ކްރޭޒީ ރޭސް" ގެ ނަމުގައި އެސްއެމްއެސް ކުރުމުގެ މުބާރާތެއް ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނީ މި މުބާރާތުގެ ބައިވެރިންނަށް ލިބިގެންދާ އިނާމުތަކުގެ ތެރޭގައި ސެމްސަންގް ބަޑްސް، އެޕަލް އެއާޕޮޑް، ގެލެކްސީ ވޮޗް، އެޕަލް ވޮޗް، ސެމްސަންގް ގެލެކްސީ އެސް 10 އަދި ގްރޭންޑް ޕްރައިޒް އެއް ގޮތުގައި ޖެޓްސްކީ އެއްވެސް ހިމެނޭ ކަމަށެވެ.

"ކްރޭޒީ ރޭސް" ގެ ކުޅުންތެރިންގެ އަމާޒަކީ، ތަފާތު ސުވާލުތަކަށް ވީހާވެސް އަވަހަކަށް ޖަވާބު ރަނގަޅުކޮށް، ކުއިޒުން އެންމެ ގިނަ ޕޮއިންޓް ހޯދުން ކަމަށް އުރީދޫ އިންް ބުނެއެވެ. އެގޮތުން ސުވާލުތަކަށް ޖަވާބުދޭ ސްޕީޑް އަވަސްވާ ވަރަކަށް، ލިބޭ ޕޮއިންޓުވެސް އިތުރު ވެގެންދާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެކި ލެވެލް ތަކަށް ބެހިފައިވާ މި ސުވާލު މުބާރާތުގައި ކުރެވޭނީ، ކާރު ރޭސިންގ އަދި ބައިކިންނާއި ގުޅޭ ތަފާތު ސުވާލުތައް ކަމަށްވެސް އުރީދޫއިން މައުލޫމާތުދެއެވެ.

ތިން މަސް ދުވަހަށް ކުރިއަށްދާ މި އެސްއެމްއެސް ސުވާލު މުބާރާތުގައި ބައިވެރިވުމަށް، އެސް.އެމް.އެސް ކުރަންޖެހެނީ “GO” ޖެހުމަށްފަހު 4242 އަށެވެ. ކްރޭޒީ ރޭސް މެދުވެރިކޮށް ކޮންމެ ހަފްތާއަކު ދޭ އިނާމުތައް ލިބޭނީ، ބައިވެރިންގެ ތެރެއިން ނެގޭ ގުރުއަތުން ހޮވޭ ބޭފުޅުންނަށެވެ.

މިގޮތުން، އެކުޅުންތެރިއެއްގެ ސްކޯ އިތުރުވާވަރަކަށް، ގުރުއަތުން މޮޅުވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. ހަމައެހެންމެ، ކޮންމެ މަހެއްގައިވެސް އެންމެ ގިނަ ޕޮއިންޓް ހޯއްދަވާ ފަރާތަކަށް ސެމްސަންގް ގެލެކްސީ އެސް 10 އެއް ލިބޭނެ ކަމަށްވެސް އުރީދޫއިން މައުލޫމާތުދެއެވެ.