ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތަކަށް ބީއެމްއެލް އިން މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުން ކުރިޔަށް ގެންދާ އަަހަރެންގެ ބޭންކް ޕްރޮގްރާމްގެ ދަށުން 2017 ވަނަ އަހަރު ފެށި މި ޕްރޮގްރާމްގެ ދަށުން ހިނގާބިނގާވެ އުޅުމަށް ދަތިކަން ހުންނަ 76 ފަރާތަކަށް މޮޓްރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފައިވާ ކަމަށެވެ.

ވީލް ޗެއަރ ހަދިޔާކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ބީއެމްއެލް އިން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދޭ ކަމަށެވެ. އަދި މިފަދަ ޚާއްސަ މޮޓޮރައިޒްޑް ވީލްޗެއަރ ލިބުމުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިފައިވާކަމީ ބީއެމްއެލް އަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޓިމް ސޯޔާ ވިދާޅުވިއެވެ.

މުޖުތަމައަށް އެހީތެރިވުމަށް ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.