މީހެއްގެ އަތުން ފޯނެއް ފޭރުނު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފޭރުމުގެ މިއަމަލު ހިންގާފައިވަނީ މާލޭގައި ރޭ 11:40 ހާއިރު ކަމަށެވެ.
ފޯނު ފޭރިގަތީ ވަގަށް ނަގައިގެން ދުއްވަމުން ދިޔަ ސައިކަލެއްގައި އިން 26 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ބުނީ ފޭރިގަތީ 15،000 ރުފިޔާގެ ފޯނެއް ކަމަށާއި ފޯނުގެ ވެރިފަރާތާ ފޯން ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ފޭރުނު މީހާ ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މާލޭގައި ފޭރުމުގެ އަމަލުތައް ހިނގުން އާންމުވެފައިވާއިރު މިފަދަ އަމަލުތަކަށް އާންމުން ސަމާލުވުމަށްވެސް ފުލުހުން ގެންދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.