މީޑިއާނެޓްގެ ބޮޑު ޗުއްޓީ ޕްރޮމޯޝަން ގައި ބައިވެރިވެގެން ކޮންމެ ހަފްތާއަކު އައިފޯން 11 އެއް ހޯދުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފި އެވެ.

މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާއި ހަމަޔަށް މީޑިއާނެޓްގެ "ވޯންޓް އިޓް އޯލް" ޕެކޭޖްއަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް މީޑިއާ ނެޓުން ބުނެއެވެ. އެ ޕެކޭޖަކީ ހުރިހާ ޗެނަލް އެއް ލިބޭ ގޮތަށް ހަދާފައިވާ ޕެކޭޖް އެކެވެ.

މީގެ އިތުރުން، މީޑިއާނެޓްގެ ފްރަންޓް އޮފީސް އާއި ކުއިކް ޕޭ އަދި ބިސްނަސް ޕާޓްނަރުން މެދުވެރިކޮށް މި ޕެކޭޖަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށްވެސް ބުންޏެވެ. އަދި މިހާރުގެ ކަސްޓަމަރުންވެސް "ވޯންޓް އިޓް އޯލް" ޕެކޭޖަށް އަޕްގްރޭޑް ކުރުމުން މި ޕްރޮމޯޝަން ގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެ އެވެ.

މީޑިއާނެޓްގެ ރެސިޓެންޓަލް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވާފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ނަސީބުވެރި އެއް ފަރާތެއް ހޮވާނެކަމަށް މީޑިއާނެޓުން ބުނެއެވެ. އަދި ކޮންމެ ހަފްތާއަކު ހޮވޭ ނަސީބުވެރިއަކަށް އެޕަލް ކުންފުނިން ދާދި ފަހުން ބާޒާރަށް ނެރުނު އައި ފޯން 11 ދޭން ނިންމާފައިވާކަމަށް އެކުންފުނިން ބުނެއެވެ.

މީޑިއާނެޓްގެ ޕީއާރް އެންޑް މާކެޓިން އެގްޒެކެޓިވް، ޝްވޭޚާ ޝަރީފް ބުނީ ކޮންމެ ހަފްތާ އެއް ނިމޭ ދުވަހަކު އައިސް ޓީވީން ލައިވްކޮށް ގުުރުއަތުން ހޮވޭ ނަސީބުވެރި ފަރާތް ހޮވާ އިއުލާން ކުރެވޭނެ ކަމަށެވެ.