ގޭތެރެ މަރާމާތުކުރުމަށާއި ޒީނަތްތެރިކުރުމަށް ބޭނުންކުރާ އިންޓީރިއަރ ސާމާނު ލިބެން ހުންނަ ސިނަފްގެ އާ ޝޯރޫމް ހެންވޭރުގައި ހުޅުވައިފި އެވެ.

ހެންވޭރު ޖެލީ ޓޭކްއަވޭ ކުރިމަތީގައި ހުންނަ ހ.ޝަބްނަމްގައި ހުޅުވި މި ޝޯރޫމް ހުޅުއްވައިދެއްވީ ސިނަފްގެ ޑައިރެކްޓަރުންގެ މަންމަ، ހާމިދާ އާދަމް އެވެ.

ސިނަފްގެ ކުރީގެ ޝޯރޫމުން ލިބެންހުންނަ ހުރިހާ ސާމާނެއް މި ޝޯރޫމުންވެސް ލިބެން ހުންނާނެކަމަށް އެކުންފުނިން ބުނެއެވެ.

މި ޝޯރޫމުން ފްލޯރިންގެ އެކި ވައްތަރުތަކާއި ވޯލް ފިނިޝަސް އާއި ބްލައިންޑްސް އަދި މިނޫންވެސް ގިނަ އިންޓީރިއަރ ސާމާނު ލިބެން ހުރެއެވެ.

ޝޯރޫމްގެ ޑިސްޕްލޭއިން ފެންނަން ހުންނަ ތަކެތީގެ އިތުރުން ކެޓަލޮގް މެދުވެރިކޮށްވެސް ބޭނުންވާ ޑިޒައިނެއްގެ އިންޓީރިއަރ ސާމާނު ލިބޭނެކަމަށް ސިނަފުން ބުނެއެވެ.

( މާލެ ، 16 އޮކްޓޯބަރު 2019 ) -- ސިނަފްގެ އާ ޝޯރޫމެއް ހެންވޭރުގައި ހުޅުވުން -- ވީފޮޓޯ : އަހުމަދު ޝުރާއު

ހުކުރުދުވަސް ފިޔަވައި ހަފްތާގެ ހުރިހާ ދުވަހެއްގެ ހެނދުނު 9 އަކުން ރޭގަނޑު 10 އަށް ހުޅުވިފައި ހުންނަ މި ޝޯރޫމުން މެޓިންގެ ތިން ވައްތަރެއް ލިބޭނެއެވެ. އޮރިޖިނަލް މެޓްތަކުގެ ތެރޭގައި ހިމެނޭ ތްރީ އެމް ބްރޭންޑްގެ މެޓްތަކަކީ ސްޕީޑް ބޯޓުތަކުގެ އިތުރުން ގޭގައި ނުވަތަ އޮފީސްތަކުގައި އަޅާލެވޭ މެޓްތަކެވެ.

މެޓުގެ އިތުރުން ތަފާތު ޑިޒައިންތަކުގެ ކަރޓަންވެސް މި ޝޯރޫމުން ލިބެން ހުންނާނެއެވެ. އަދި ގޭތެރޭގައި ނުވަތަ ކޮޓަރީގައި ބޭނުންކުރުމަށް ވޯލްޕޭޕާގެވެސް ހިތްގައިމު ތަފާތު ޑިޒައިންތައް މި ޝޯރޫމުން ލިބެހުރެއެވެ.

( މާލެ ، 16 އޮކްޓޯބަރު 2019 ) -- ސިނަފްގެ އާ ޝޯރޫމެއް ހެންވޭރުގައި ހުޅުވުން -- ވީފޮޓޯ : އަހުމަދު ޝުރާއު

ކޮންމެ ފަންތިއެެއްގެވެސް ބޭފުޅުންނަށް ގަނެވޭނެފަދަ އަގުތަކެއްގައި މިތަކެތި ލިބެންހުރިއިރު، ސިނަފްގެ އާ ޝޯރޫމް ހުޅުވުމާއި ގުޅިގެން ހާއްސަ ޑިސްކައުންޓްތަކެއްވެސް އަންނަމަހުގެ 15 ގެ ނިޔަލަށް އެ ޝޯރޫމުން ލިބޭނެ ކަމަށް ސިނަފް ކުންފުނިން ބުނެއެވެ.