16 އަހަރުންދަށުގެ ސައުތު އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި މިއަދު ނޭޕާލް އަތުން ރާއްޖޭގެ ޒުވާން ޓީމު މޮޅުވެއްޖެ އެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ ވާދަކުރެއެވެ.

މުބާރާތުގެ ކުޅުން މިއަދު ފެށިއިރު، މިއަދު ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެ ނުކުތީ އިންޑިއާއާ ދެކޮޅަށެވެ. މި މެޗު އިންޑިއާއިން ކާމިޔާބުކުރީ 41-21 ޕޮއިންޓުންނެވެ. މި މެޗުގެ ފުރަތަމަ ކުއާޓަރު ވާދަވެރިކޮށް ފެނިގެންދިޔައިރު، ފުރަތަމަ ކުއާޓަރު ނިމުނީ 7-6 އިން އިންޑިއާ ކުރީގައި އޮވެގެންނެވެ. ދެވަނަ ކުއާޓަރު ނިމުނުއިރު 18-12 އިން އިންޑިއާ ލީޑު ކުރިއިރު، ތިންވަނަ ކުއާޓަރު ނިމުނީ 30-17 އިން އިންޑިއާ ކުރީގައި އޮވެގެންނެވެ.

https://web.facebook.com/600282777124907/photos/a.601281963691655/679497822536735/?type=3&eid=ARAvgpiT9HVpsYtrvcq0PVqjwmv5YIHxKHx6lZHJ5yXrkUARFw91oYZP0sbthu-CpjnV8AyWFbupmdTt&__xts__%5B0%5D=68.ARBpEfX-YZyDamyqZO6O0M78v612XcbuCOdU1QH2rXZnLJy16Xrsm7hoBR_BsnMbSjHXKksSMm5L4L2IB15TI7m2HY7JubF_vJa5jF7dj_KPrJYOL8_wZ2PhvbuvtNbk5aIDMLq7xi03KUN2x_BpudLgNe46f-pC6UxOnukHBr06-sK58PpsWJCz0o5VMyjOeeULhdhkC_j9qgNELTpjZ0gLfRo5uX0DRNanjln4vFGryA_wiuntikkthsjy0WwxfISpO8-q8c8YQARCt3mQbj2FnBGKGnPFXOwkbehMRJgjEaqDfUgtp-shea6TOaXn1NQ1AsYd8DH4OdqczQ7asZM&__tn__=EHH-R#

މިއަދު ކުޅުނު ފުރަތަމަ މެޗުން އިންޑިއާ އަތުން ރާއްޖެ ބަލިވި ނަމަވެސް، ދެވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލް އަތުން ރާއްޖެ މޮޅުވީ 35-27 ޕޮއިންޓުންނެވެ. މި މެޗުގައި ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ކުއާޓަރު ނިމުނީ 7-6 އިން ރާއްޖެ ކުރީގައި އޮވެގެންނެވެ. ދެވަނަ ކުއާޓަރު ނިމުނުއިރު 15-15 އިން ދެޓީމު އެއްވަރުވެފައި އޮތް ނަމަވެސް، ތިންވަނަ ކުއާޓަރުގައި ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކާ ލީޑު ނަގާފައެވެ. މި ކުއާޓަރު ނިމުނީ 24-20 އިންނެވެ.

https://web.facebook.com/600282777124907/photos/a.601281963691655/679764662510051/?type=3&eid=ARBd-JqYyyZDqQvPuNiGto_N6jpnaAeW22LmFdxvV0kcekFlh0MrlD_83WJN5ZxVrNLWPirbAvt2OT-w&__xts__%5B0%5D=68.ARA6shcejv02p_fp5-lTWjqDxmbpkgJRSkpV7bFa_sqla_UZdwdcd195TleFpXzcKEXYY0b76U7sFsdus-oT-FApZZr49DTyc358n0-ek1KF6q9ZQGV0s8YT_tLO5bfa8wH-AygcpG4-zoQEKVKkke4Bj9MR2_G4c8oHHlOZ4SqrQ-EKSevlun_xAnAeuk7_SMr_BhRn_c2kY7WEVmjhb-f2TtM1B1kuY2tnBC-b1drT0_Y5gNWX39lrNeRBRaGJz4FenuSTc8QOcD3BOafzH2J-fDRxCeIgzbpqodkUQTMIFVPK4XIBA2i8kGBm61gIdNn6W2tTnsDf16ZeTmm4Mqo&__tn__=EHH-R#

މިއީ ރާއްޖޭގެ 16 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމެއް ބޭރުގެ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި މާދަމާވެސް ރާއްޖެއިން މެޗެއް ކުޅޭއިރު، މާދަމާ ރާއްޖެ ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. އަދި އޭގެ އަނެއް ދުވަހު ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.