މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގަމުންދާ އިންޖިނިއަރިންގ ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް އިންޑަސްޓްރިއަލް މެޝިން އަދި ޖެނެރޭޓަރު ތަކާއި ގުޅޭ ތަމްރީންތައް ދިނުމަށް މޯލްޑިވްސް ޕޮލިޓެކްނިކް އާއި ޓްރެކްޓަރ ސިންގަޕޯ އާއި ދެމެދު އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ.
ޕޮލިޓެކްނިކުން ބުނީ މި އެއްބަސްވުމުގެ ދަށުން އެތަނުގައި ހަދާ ތަމްރީންތަކުގައި ކިވައިދެއްވާނީ ޓްރެކްޓަރ ސިންގަޕޯގެ ތަޖްރިބާކާރުން ކަމަށާއި އަދި ބޭނުންކުރާނީ އެތަނުން ފޮނުވާ މެޝަނަރީސްތައް ކަމަށެވެ.
މިހާރު ޕޮލިޓެކްނިކްގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ އިތުރުން އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް މި އެއްބަސްވުމުގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ކުރިޔަށް އޮތްތާނުގައި އެތަނުގައި ހިންގާ އެހެން ކޯސްތަކެކޭ އެއްގޮތަށް މި ތަމްރީން ޕްރޮގްރާމްތައް ދިގުމުއްދަތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޕޮލިޓެކްނިކުން މައުލޫމާތު ދެއެވެ.
ޓްރެކްޓަރ ސިންގަޕޯ އަކީ ފުޅާދާއިރާ އެއްގައި ކެޓަޕިލާގެ އުފެއްދުންތައް ރާއްޖެ އަށް އެތެރެކޮށް، އޭގެ މަސައްކަތާއި މަރާމާތު ކުރަމުން އަންނަ ކުންފުންޏެ ކެވެ. އެހެންކަމުން މި އެއްބަސް ވުމުގެ ދަށުން މި ދާއިރާގައި މަސައްކަތް ކުރާ ދިވެހި ޒުވާނުންނަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުމަކީ ކެޓަޕިލާ އުފެއްދުންތަކުގެ މަރާމާތުގެ ހާއްސަ ސެޓިފިކެޓް އެއް ލިބުމުގެ އިތުރުން އެ ކުންފުނީގެ ސެޓިފައިޓް މެކޭނިކަމަށް ވުމުގެ ފުރުސަތު ލިބުމެވެ.
މޯލްޑިވްސް ޕޮލިޓެކްނިކް އަކީ އެކި ދާއިރާތަކުން އިންޑަސްޓްރީއަށް ބޭނުންވާ މީހުން ތަމްރީން ކުރުމާސް އުފައްދާފައިވާ މުއައްސަސާއެކެވެ.