16 އަހަރުންދަށުގެ ސައުތު އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި މިއަދު ނޭޕާލް ބަލިކޮށް މުބާރާތުގެ ތިންވަނަ ރާއްޖެއިން ހޯދައިފި އެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރީ އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ. ގްރޫޕް ސްޓޭޖުގައިވެސް ރާއްޖެއިން ނޭޕާލް ބަލިކުރިއިރު، ޕާކިސްތާނުވެސް ވަނީ ބަލިކޮށްފައެވެ.

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ މުބާރާތުގެ ތިންވަނަ ރާއްޖޭން ހޯދީ މިއަދު ކުޅުނު މެޗުގައި އެ ގައުމުގެ މައްޗަށް 35-25 ޕޮއިންޓުން ކުރިހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ރާއްޖެ ކުރީގައި އޮތީ 10-5 އިންނެވެ. ދެވަނަ ކުއާޓަރު 18-9 އިން ރާއްޖެ ލީޑުގައި އޮވެ ނިމުނު ނަމަވެސް، ތިންވަނަ ކުއާޓަރު ނިމުނުއިރު ރާއްޖޭގެ ލީޑު ވަނީ ކުޑަވެފައެވެ. މި ކުއާޓަރު ނިމުނީ 27-20 އިންނެވެ. އެކަމަކު ފަހު ކުއާޓަރުގައި 10 ޕޮއިންޓަށް ލީޑު ފުޅާކޮށް ރާއްޖެއިން މުބާރާތުގެ ތިންވަނަ ހޯދިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ރާއްޖޭގެ އައިޝަތު ނުއޫމީ ނާސިރެވެ.

https://web.facebook.com/600282777124907/photos/a.601281963691655/683044185515432/?type=3&eid=ARAItIXg-zFxI8vTFSGvQOD5RWRQUP06RZWKYQT_YcDggPwYbGy4yhTyMEvJOVHLZ5TvcX2JIGAKaPrz&__xts__%5B0%5D=68.ARDpOmP1jkqqbrTRg-wTeb90WHpBiAjuhY2Q_UhzbN1Ckab9PUBOdWY3iohRU2DeMynzs9WQf0wOA6erLLJ-zmd3UhiV6jaetcsFOL62SCuPHml8co39Fv5cb-ykyaSrZXSl2oGuEuTMcPuxAKHXlI-MTYQbSHaaLrZk-0Cl_fjn-x3iCpVGidbeLt6Kep4Q088FrsP2NWazOa7MBO3sBeUbqmFA-86ai1-nV9PDs35KXGDFxWJ5t5C8GuFU0BeTMmsuquhV6lYYFWZSmY20vDY3XZ2WujQ994HbaSxOf1VDxFkNB0zGsqXQ11oClvKJnyDdWc3j_j4sbyuv18b9sBo&__tn__=EHH-R#

މިފަހަރުގެ މުބާރާތާ ރާއްޖެއިން ކުރިމަތުލީވެސް މެޑެއްޔެއް ހޯދުމުގެ އަޒުމުގައެވެ. މުބާރާތަށް ފުރުމުގެ ކުރިން ވީސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ޓީމުގެ ކޯޗު ނީޝާ ހަލީމު ބުނީ މިއީ ޒުވާން ޓީމު ބޭރުގެ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރަށް ވީ ނަމަވެސް، މި މުބާރާތުން މެޑެއްޔަކަށް ޓާގެޓް ކުރާ ކަމަށެވެ.

މި މުބާރާތުގެ ސެމީ ފައިނަލުން ރާއްޖެ ފުރުސަތު ހޯދީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެންނެވެ. އެގޮތުން ނޭޕާލް އާއި ޕާކިސްތާނު ބަލިކުރިއިރު، ސެމީގައި އިންޑިއާ އަތުން ބަލިވީ އެވެ.