ޖުމްހޫރީ ޕާޓީން ކުރަމުން ގެންދަނީ ހުސް މަސައްކަތްތަކެއް ނޫންކަމަށާއި ޕާޓީގެ މަސައްކަތްތައް ބަަލައިގަންނަ ދިވެހި ރައްޔިތުން އެބަ ތިބިކަން ފެނިވަޑައިގެންފި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ހިންގާ ސިލްސިލާ ޙަރަކާތްތަކުގެ ދަށުން ކޮންމެ ހަފްތާއަކު މ. ކުނޫޒުގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން ބުދަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މަސައްކަތްތައް ބަލައިގަންނަ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން އެނގިވަޑައިގެންފި ކަމަށެވެ. ޤާސިމް މިގޮތަށް ވިދާޅުވީ ޕާޓީއަށް މެމްބަރުންތަކެއް ސޮއިކޮށް އަދި ޕާޓީއާ އަލަށް ގުޅިވަޑައިގަތް އަޙުމަދު ނިހާން ޙުސައިން މަނިކުފަދަ ބޭފުޅުންނާއި ހޯރަފުށީ މުޙައްމަދު ޝަމީމް، ބުދަ ދުވަހުގެރޭގެ ޖަލްސާއަށް ގެނެސްދެއްވި ފޯމުތައް ލީޑަރާ ޙަވާލު ކުރެވުނުފަހުން އަމިއްލަ އިޙްތިޔާރުގައި ކުނޫޒަށް ވަޑައިގަތް ބޭފުޅެއް ކުއްލިއަކަށް ވަޑައިގެން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމާއި ގުޅިގެން އުފެދުނު އުއްމީދުތަކާއި އެކުގައެވެ.

ޖޭޕީއާއި އަލަށް ގުޅިވަޑައިގަތް ބައެއް ޒުވާން މެމްބަރުން

މި ޙަފްލާގައި ޤާސިމްވަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ވިލޭރޭ ޖޭޕީގެ މައި މާލަމް ކުނޫޒުގައި ޚާއްޞަ ޙަފްލާއެއް ބާއްވަވާނެކަން އިޢުލާން ކުރައްވާފައެވެ. އަދި އޭގެ ބޭނުކަމީ ފާޅުގައިވިޔަސް އަދި އަމިއްލައަށް ވަކީން ވަޑައިގެންނެވި ނަމަވެސް ޕާޓީއާ ގުޅިވަޑައިގަންނަވާ ބޭފުޅުންނަށް އެއް ޕްލެޓްފޯމެއްގައި ތިބެގެން ޕާޓީގައި ރަޖިސްޓްރީ ކުރެވޭނެ ގޮތް ހެއްދެވުން ކަމަށެވެ. އަދި ޓީވީ ގެ ޒަރީޢާއިން ވީހާވެސް ގިނަ ރައްޔިތުންނަށް ޖުމްހޫރީ ޕާޓީގެ ޙަރަކާތްތައް ހިނގާގޮތް ގެނެސްދެއްވުމުގެ ބޭނުމުގައި ކަމަށެވެ.

އާދެ! އަޅުގަނޑުމެން މިކުރާ ކަމަކީ ޖުމްހޫރީ ޕާރޓީއަށް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ތެރެއިން ވިހާ ގިނަބަޔަކު އަޅުގަނޑުމެންގެ ޕާރޓިއަށް ވަންނާނެ މަސައްކަތްތަކެއް. ވަންނާނެ ގޮތެއް ހެދޭތޯ. ނުވަތަ ވަންނަމުންދާ މަންޒަރު ތިޔަބޭފުޅުންނަށް ދައްކައިލުމާއި އެކީގައި އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ހުސްމަސައްކަތެއް ނޫންކަން. އެކަން ބަަލއިގަންނަ ބަޔަކު މި ދިވެހި ވަޠަންގައި އެބަތިބިކަން. އަދި އެކަމަށް ބޭނުންވާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވާކަން ދަންނަވައިލުމުގެ ގޮތުން."
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގައި ކުރިން އުޅުއްވި ބޭފުޅުންނާއި އެހެން ޕާޓީތަކުން ވަޑައިގެން އުޅުއްވާ ބޭފުޅުން ވެސް ޖުމްހޫރީ ޕާޓީން ބާއްވަމުންގެންދާ ސިލްސިލާ ބައްދަލުވުމުގައި ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ވާހަދައްކަވާފައިވާ ބޭފުޅުންނާއި އެންމެފަހުން ބޭއްވި ޙަފްލާގައި ވާހަކަ ދެއްކެވި ބޭފުޅުންވެސް ޤާސިމްގެ ދުރުވިސްނުންފުޅާ ޤާސިމް ގެންގުޅުއްވާ ހަމަހަމަ އުޞޫލަށް ވަނީ ތަޢުރީފް ކުރައްވައިފައެވެ. އަދި ޖުމްހޫރީ ޕާޓީ ހަރުދަނާ ވަމުންދާތީ އެކަމާ ކަންބޮޑުވާ ބަޔަކު ތިބި ކަމަށް ބައެއް ބޭފުޅުން ވިދާޅުވިއެވެ.

ޝައްކެއްވެސް ނެތް ގޮތުގައި އަޅުގަނޑުމެނަށް މިކުރެވެމުންދާ މަސައްކަތަކީ ރާއްޖޭގެ ތާރީޚުގަވެސް ސިޔާސީ ގޮތުން ރިޔާސީ ނިޒާމެއްގެ ތެރެއިން ރިޔާސީ އިންތިޚާބަކަށްފަހު ޕާރޓީއެއް މިހާބޮޑަށް ޙަރަކާތްތެރިވެގެން ރާއްޖޭ ރާއްޖޭގެ ކަންކޮޅުތަކުގައި ފެތުރިގެންދާ ފުރަތަމަ ފަހަރު. ރާއްޖޭގަ މިދިޔަ ވިއްސަކަށް އަހަރަށް ބަލައިލާއިރުގައި އަޅުގަނޑުމެނަށް ސިޔާސީ އެކިއެކި މަސްރަޙުގައި ނުވަތަ އެކި ދުވަސްވަރުގަ ކަންކަން އޮއިވަރު ބަދަލުވެގެންދާ ދިއުމުގެ ތެރޭގައި ޕާރޓީތައް ވުޖޫދުވެގެން އައިސް މިހާ ހަރުދަނާ ގޮތެއްގައި އަޅުގަނޑު ޤަބޫލުކުރާ ގޮތުގަ ޖުމްހޫރީ ޕާރޓީ މިހާރު މި ފަށައިގަނެފައިވާ ގޮތަށް ހަރުދަނާކަންމަތީގަ ހުރިހާ ފަރާތްތަކަށްވެސް ހުޅުވައިލެވިގެން ވަރަށް މިނިވަންކަން މަތީ ކަންކަން ތަރުތީބުވެގެންދާގޮތަށް ހުރިހާ ބޭފުޅުންނަށްވެސް ފުރުޞަތު ލިބިގެންދާ ގޮތަށް މިހާ ފުރިހަމައަށް ޕާރޓީއެއް ހިނގަމުންދާތަން އަޅުގަނޑުމެނަށް ފެނިފައެއް ނެތް"
މުބީން

ޖުމްހޫރީ ޕާޓީން ރައްޔިތުންގެ މަޖިލީހުގައި ބިލެއްދޫ ދާއިރާ ކުރީން ތަމްސީލު ކުރެއްވި މުބީން އިތުރަށް ވިދާޅުވީ އެބޭފުޅުންގެ ސިޔާސީ ޙަޔާތުގައި ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ޕާޓީތައް ހިނގަމުންދިޔަ ގޮތް ވަރަށް ގާތުން ދެކިވަޑައިގެންފައިވާ ކަމަށެވެ. އަދި މިވަރުގެ މަސައްކަތްތަކެއް ކުރަން ޖުމްހޫރީ ޕާޓީން ނިކުމެގެން މިއުޅެނީ ކީއްވެގެންތޯ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ސުވާލު ކުރަމުން ގެންދާ ކަމަށެވެ. އަދި ޚާއްޞަ ގޮތެއްގައި ޕާޓީއާ ވާދަވެރި ފަރާތްތަކުން އެސުވާލު ކުރަމުން ގެންދާ ކަމަށެވެ. އަދި މި ރާއްޖެއަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި ރައްޔިތުންނށްވެސް ސިޔާސީ ވެރީންނަށްވެސް އޯގާތެރިކަމާ އެހީތެރިކަމާ އަޅައިލެއްވުން ދެއްވި ބޭފުޅަކީ ޤާސިމް އިބްރާހީމް ކަމަށް މުބީން ވިދާޅުވިއެވެ.

ޖުމްހޫރީ ޕާރޓީގެ ލީޑަރ

ޖުމްހޫރީ ޕާޓީގެ ލީޑަރުވެސް ވަނީ މުބީން ދެއްކެވި ވާހަކަފުޅަށް އިތުރަށް އަލިއަޅުވައި ލައްވައިފައެވެ.

އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން އަޅުގަނޑު ވަރަށް އިޚުލާޞްތެރިކަމާއި އެކު ދަންނަވާ ވާހަކައެއްމިއީ. އެހެންވީމާ އެކަމަށް އިޖާބަ ދެއްވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން. އާދެ! ހަމަގައިމުވެސް އަޅުގަނޑުމެން ރިޔާސީ އިންތިޚާބެއްގައި އަދި އަޅުގަނޑުމެންނަށް ރިޔާސީ އިންތިޚާބެއްގައި ކިތަންމެ ވަރަކަށް ވޯޓު ލިބުނު ނަމަވެސް އަދި ލިބުނު ކަމުގައި ވިޔަސް ކޮންމެ ރިޔާސީ އިންތިޚާބެއްގަވެސް އަޅުގަނޑުމެން އެދި ދަންނަވައިލީމާ ދިވެހިރާއްޖޭގެ ރައްޔިތުން ވަރަށް މަތީ ތަރުޙީބެއް އަޅުގަނޑުމެންނަށް ދެއްވާ. 2008 ގެ ސަރުކާރުވެސް އަދި 2013 އިގެ ސަރުކާރުވެސް އަދި މިހާރު އުފެދިފައި އޮތް 2018 އިގެ ސަރުކާރުވެސް އުފެދިގެން މިދިޔައީ. އަޅުގަނޑަށް ޔަޤީން ތިޔަބޭފުޅުން ކޮންމެހެން އެގޮތަށް ނިވާފަތް ގަނޑެއްގައި ނުތިއްބަވައި އަޅުގަނޑުމެންގެ މިޕާރޓީއަށް ވެދެވަޑައިގެން މިޕާރޓީ ބޮޑުކޮށް ފުޅާކޮށް ދެއްވުމަކީ އަދި ހަރުދަނާ ކޮށްދެއްވުމަކީ ތިޔަބޭފުޅުންނަށް އޮތް ވާޖިބެއް."
ޤާސިމް

ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު ޕާޓީގެ ޖަލްސާއެއްގެ ނުވަތަ ޙަފްލާއެއްގެ ފުރަތަމަ ބަރިން ނުވަތަ މެދުތެރެއިންވިޔަސް ފެނިވަޑައި ނުގަތުމަކީ ވަރަށް ގިނަ ރައްޔިތުންތަކަކަށް މާޔޫސްކަން ލިބިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެމަނިކުފާނު މިގޮތަށް މިވާހަކަފުޅު ދައްކަވައިފައިވަނީ ޖުމްހޫރީ ޕާޓީއަށް އުއްމީދުތަކެއް ދެއްވުމަށްފަހު ޕާޓީން ކުރި އުއްމީދުތަކަށް އިޖާބަ ދެއްވުމުގައި ބައެއް މެމްބަރުން ފަހަތު ފަޔަށް ބުރަވެ ވަޑައިގެން އުޅުއްވާތީ ކަމަށް ބެލެވެއެވެ.