އިންޑިއާގައި އާސަންދަ ޚިދުމަތް ދިނުމުގައި އިތުރު ފަސޭހަތަކެއް ހޯދުމަށް މަޝްވަރާކުރާނެ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދަކުންފުނިން ބުނީ އާސަންދަ ޓީމުން، އިންޑިއާގައި އާސަންދަ އަދި މެރަނާ ސްކީމްގެ ޚިދުމަތްދޭ ހޮސްޕިޓަލުތަކަށް ޒިޔާރާތްކޮށް ޚިދުމަތްދިނުމުގައި ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިދެވޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކުރާނެކަމަށެވެ.

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދާއި، އެސިސްޓެންޓް ޖެނެރަލް މެނޭޖަރުވެސް ހިމެނިވަޑައިގަންނަވާ މި ޓީމް އިންޑިއާގައި ދިރިއުޅުއްވާ ދިރިއިޅޭ ދިވެހިންނާއި ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގައި ބޭއްްވި މި ބައްދަލުވުމުގައި "މެރަނާ" ސްކީމްގެ މައުލޫމާތުދިނުމާއި، ސްކީމްގެ ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް ހުރިދަތިތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރާނެ ގޮތަތަކާއިމެދު ވަނީ މަޝްވަރާކޮށްފައެވެ.

އާސަންދަ ކުންފުނީގެ އަމަޒަކީ ރައްޔިތުންނާއި ވީހާވެސް ގާތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާވެސް އެކު ޒަމާނީ ވަސީލަތްތަކާއި، ޓެކްނޮލޮޖީގެ އެހީގައި ލުއިި ފަސޭހަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށް އެކުންފުނިން ބުނެެއެވެ.