އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުން ރޫޅާލުމުން މޯލްޑިވްސް ޓްރާންސްޕޭރެންސީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޓްރާންސްޕޭރެންސީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އެއްވެއުޅުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީންނާއި ޔުނިވަރސަލް ޑިކްލެރޭޝަން އޮފް ހިއުމަން ރައިޓްސް އަދި އިންޓަނޭޝަނަލް ކޮންވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް ފަދަ ބައިނަލްއަގްވާމީ މުއާހަދާތަކުން ލިބިދީފައިވާ ހައްގެއް ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނުން ބާއްވާ އެފަދަ އެއްވުންތައް ރޫޅާނުލުމަށް ވަނީ ގޮވާލާފައެެވެ.

( މާލެ ، 2 ނޮވެމްބަރު 2019 ) -- ނަސްރު ދުވަހުގެ މުނާސަބާތާ ގުޅިގެން

މިއަދު ފާހަގަކުރަމުންދާ ނަސްރުގެދުވަހާ ގުޅިގެން ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި "ބަޑި ބުރާސްފަތި" އެއްވުން އޮތީ ޕީޕީއެމް އޮފީސް ދޮރުމަތީގައެވެ. ޕީޕީއެމް އޮފީސް ދޮރުމަތީގައި އެެއްވުން ބާއްވަން ނިންމީ، އެއްވުން ބޭއްވުމަށް ކާނިވާ ސަރަހައްދު ނުލިބުމުން ކަމަށް މީގެ ކުރިން އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

( މާލެ ، 2 ނޮވެމްބަރު 2019 ) -- ނަސްރު ދުވަހުގެ މުނާސަބާތާ ގުޅިގެން

އެއްވުން ފެށިތާ މާގިނައިރެއް ނުވަނީސް ފުލުހުން ވަނީ އެއްވުން ރޫޅާލުމުގެ މަސައްކަތް ފަށާފައެވެ. އަދި ބައެއް މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައެވެ. ޖުމްލަ 12 މީހަކު އެއްވުމުގެ ތެރެއިން ހައްޔަރުކޮށްފައިވާއިރު ރޭގެ ވަގުތެއްގައި އެ އެންމެންވެސް ވަނީ ދޫކޮށްލާފައެވެ.