ދައުލަތުން ހުށަހެޅި ބަޖެޓާއި މެދު ރައްޔިތުންގެ މަޖިލީހުގައި ބަޔަކު ދެބަސްވުން އުފައްދަނީ ސަރުކާރަށް ފާޑު ކިޔައި ސަރުކާރުން ކުރާ މަސައްކަތްތަކާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދަން ކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހާއި ކުރީގެ މަޖިލީހުގެ ރައީސްކަން ކުރައްވައިފައިވާ އަދި ޖުމްހޫރީ ޕާރޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖޭޕީން ބުނަމުންދާ އެންމެންގެ ޖުމްހޫރީ ޕާރޓީއަށް މެމްބަރުން ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ޙަޔާތްޕުޅުގައި ޤައުމަށް ކޮށްދެއްވިހާ މަސައްކަތްޕުޅަކީ ޤައުމު ކޮށްދޭ ކަމަކަށް ނުބައްލަވައި ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުތަކެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ރަދުންނާއި ރައީސުން ފިޔަފައި އެއްވެސް ބޭފުޅަކަށް ލިބިވަޑަނުގަންނަވާ ފުރަތަމަ ޝަރަފް ކަމުގައިވާ ދިވެހި މާލިއްޔަތުގެ ސިއްކަ ލިބިވަޑައިގެންފައިވާ ޤާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނުގެ މާލީ ވަޒީރު ކަމުގައި ފުރަތަމަވެސް ދައުލަތަށް ދެއްވީ ހަމަހަމަ ބަޖެޓެއް ކަމަށެވެ. އެގޮތުން ލިބިވަޑައިގަތް އެމްއެމްއޭގެ ގަވަރުނަރުކަމާއި ދިވެހިރާއްޖެއިން ދުނިޔޭގެ މާލީ އިދާރާއާއި ވޯލްޑް ބޭންކުގެ ގަވަރުނަރުކަމާއިއެކު ދިވެހި ދައުލަތަށް ކޮށްދެއްވި މަސައްކަތްޕުޅު މިއަދުވެސް ފެންނަން އެބަހުރި ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ދައުލަތުގެ ބަޖެޓު ބޮޑު ކުރެވިފައިވަނީ އޭރު ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތަކެއް ހުރިކަން ސާބިތު ކޮށްދެއްވައި އެކަން ފެއްޓެވީމާ ކަމަށް ޤާސިމް ވިދާޅުވިއެވެ.
އަދި މިއަދުގެ ރައީސުލް ޖުމްހޫރިއްޔާކަމަށް އިބްރާހީމް މުޙައްމަދު ޞާލިޙު ގެންނަވައި ކޮށްދެއްވަން ވަޢުދުވެ ވަޑައިގެންފައިވަނީ އޭރުވެސް އަދި މިއަދުވެސް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތައް ކަމަށެވެ.
ޤާސިމް ވިދާޅުވީ ދިވެހި އާބާދީ ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަދި ހީކުރާވަރަށްވުރެ މާބާރަށް ކަމަށެވެ. މީހުންގެ ބޭނުންތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ކަމަށާ އެހެންވީމާ ރައީސުލް ޖުމްހޫރިއްޔާ އަންނަ އަހަރަށް ހުށަހެޅުއްވީ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ.
އެހެން ނަމަވެސް އެމްޑީޕީން އޭރުވެސް އިޙުތިޖާޖުކުރި ފަދައިން މިއަދުވެސް އެބޭފުޅުން ގެންދަވަނީ އެ ބަޖެޓާމެދު ހިތްޕުޅު ހަމޖެހިވަޑައިނުގެން ކަމަށެވެ.
ޤާސިމް އިބްރާހީމް ވަނީ މިއަދު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެމްޑީއެން އުވައިލެއްވުމަށް ނިންމެވީތީ އެމަނިކުފާނަށް ޝުކުރުއަދާކުރައްވައި މިސަރުކާރު ދެހެއްޓުމުގައި ރައީސަށް އެއްބާރުލުން ދެއްވާނެ ކަމަށް ކުރީންވެސް ތަކުރާރު ކުރެއްވި ވާހަކަފުޅު ފަށްފަށް ކުރައްވައިފައެވެ.
އެމްޑީޕީގެ ބޭނުމަކީ ނަސީދު ވެރިކަމަށް ގެނައުން ހީވަނީ އެކަން އެގޮތަށް ކުރާނެހެން