ނިކްޖޫނިއާގެ އޮރިޖިނަލް މާޗަންޑައިޒް މީޑިއާނެޓުން މުޅިން އަލަށް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

މީޑިއާނެޓުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ތައާރަފުކުރި ނިކް ޖޫނިއާގެ އޮރިޖިނަލް މާޗަންޑައިޒްތަކުގެ ތެރޭގައި ކުދަކުދިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޕޯ ޕެޓްރޯލް އާއި ޝިމާ އެންްޑް ޝައިންގެ ލަންޗް ބޮކްސް އާއި ލަންޗް ބޭގް، ބެކްޕެކް ހިމެނެއެވެ. އަދިވެސް ނިކް ޖޫނިއާގެ އޮރިޖިނަލް ކާޓުނުތަކުގެ ޕެންސިލް ބޭގް، އަދި ފެންފުޅީގެ އިތުރުންވެސް ގިނަ ތަކެތި މީޑިއާަނެޓުގެ މައި އޮފީހުން ލިބެންހުންނާނެ ކަމަށް މީޑިއާނެޓުން ވަނީ ބުނެފައެވެ.

މީޑިއާނެޓުން ބުނީ އެކުންފުނީގެ މައިގަނޑު އަމާޒަކީ ކަސްޓަމަރުންނަށް އެންމެ ކަމުދާ ޗެނަލްތަކާއި، ޝޯވ ތަކުގެ އޮރިޖިނަލް މާޗަންޑައިޒް މުސްތަގުބަލުގައި މީޑިއާނެޓުގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމުގައެވެ.

މިޑިއާނެޓުން ބުނީ މިހާރު ތައާރަފުކޮށްފައިވާ ނިކް ޖޫނިއާގެ އޮރިޖިނަލް މާޗަންޑައިޒް މިޑިއާނެޓްގެ މައި އޮފީސް، މ. ހުދުއަސުރުމާގެއިން ލިބެން ހުންނާނެ ކަމަށެވެ.