ސޯސަންމަގުގައި ކުރިން ނާސަރީ ހިންގި ބިމުގައި އާ ޕާކިން ޒޯނެއް ހަދައި އެތަން ބޭނުންކުރަން ފަށައިފިއެވެ.
ހަމައެކަނި ސައިކަލްތަކަށް ޚާއްސަކޮށް ހެދި މި ޕާކިންގ ޒޯނާއި ބެހޭ ގޮތުން މާލޭ ސިޓީކައުންސިލްގެ މެންބަރު އަޙްމަދު ޒަމީރު ވިދާޅުވީ މި ޕާކިންގ ޒޯންގައި ޖުމްލަ 279 ސައިކަލް ޕާކްކުރެވޭނެ ކަމަށެވެ.
ސޯސަންމަގު ވީޓީވީ ކުރިމައްޗަށް ވާގޮތަށް އޮތް ހުސްބިމުގައި ހަދާފައިވާ މި ޕާކިންގ ޒޯން ހުޅުވިގެންދިއުމާއި އެކު އެ ސަރަހައްދުގައި ޒޯނުން ބޭރުގައި ޕާކް ކުރުން މިހާރު ވަނީ މަނާކޮށްފައެވެ. އަދި އޭޑީކޭ ކުރިމައްޗަށް ވާގޮތަށް އޮންނަ ގޯޅިއަކީވެސް ސައިކަލް ޕާކު ނުކުރެވޭ ގޯޅިއަކަށް ހަދާފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އެ ކައުންސިލްގެ މެންބަރު ޒަމީރު ވިދާޅުވީ މާލޭގެ މަގުތަކުގައި ތޮއްޖެހުން ކުޑަކޮށް، ޓްރެފިކަށް ލުޔެއް ހޯދުމަށް ކުރަމުންދާ މަސައްކަތަކީ ޓްރެފިކް ޕޮލިހާއި ގުޅިގެން ކުރަމުންދާ މަސައްކަތެއްކަމަށެވެ. އަދި ފަހުން ހެދި ޕާކިންގ ޒޯންތަކުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް މަގުތަކަށް ލިބިގެންގޮސްފައިވާކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.
އޭޑީކޭ ކުރިމަތީ އޮންނަ މަގަކީ ހަތަރު ފުރޮޅުލީ އުޅަނދު އެއްކޮޅަށް ދުއްވާ މަގެކެވެ. ނަމަވެސް އެ މަގުގައި ސައިކަލްތައް ޕާކުކޮށްފައި ބެހެއްޓުމުގެ ސަބަބުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް އެމަގަށް މިހާރު ނުވަދެވެއެވެ. ޒަމީރު ވިދާޅުވީ ޕާކިންގ ޒޯން ހުޅުވިފައިވާތީ އެ މައްސަލަވެސް ހައްލުވެ ސޯސަންމަގުގެ ޓްރެފިކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ދަނީ މާލޭގެ ޓްރެފިކް ހައްލުކުރުމަށް، ހުސްބިންތަކުގައި ޕާކުކުރެވޭނެ އިންތިޒާމުތައް، ޕްލޭނިންގ މިނިސްޓްރީއާއި ގުޅިގެން ހަމަޖައްސަމުންނެވެ.
މާލޭގެ އަވައްތަކުގައި ޒަމާންވެފައިވާ ގަބުރުސްތާނުތަކެއް އެބަހުރި. މި ތަންތަން ހުރީ މީހުން ދިރިއުޅޭ ގެދޮރާއި ކައިރީގައި. މި ތަންތަނުގައި ރޭމްޕް ލާފައި 6 އެއްކަ ބުރިއަށް ޕާކިން ބިލްޑިން އެއް ހަދައިފިނަމަ ވެހިކަލް ޕާކްކުރުމަށް އެ ސަރަހައްދުގެ މީހުންނަށް ފަސޭހަ ވެފައި އެކަށީގެންވާ ޖާގައެއް ތައްޔާރު ކުރެވޭނެ. އަދި މި ތަންތަން މި ގޮތަށް ޑިވެލޮޕް ކުރާއިރު ވަށައިގެންވާ ގޯޅި ތަކަކީ ހަނި ގޯޅިއެއް ކަމުގައި ވަނީނަމަ ކާރު ފަދަ ވެހިކަލް އަށް ދެވޭވަރަށް ގޯޅި ބޮޑުކޮށް، އެއިމާރާތުގައި ޕާކުކުރުމަށް އަންނަ ވެހިކަލް ފަސޭހައިން އެއިމާރާތަށް ވަދެވޭނެގޮތްވެސް ހެދިދާނެ. ޕާކިން ހައްލު ކުރެވޭނީ މަފަދޮގޮތަކަށް.
ހުސްބިމުގެ ދަތިކަން ކުރިމަތިވެފައިވާ މި މާލޭގައި ތިޔަފަދަ އައިދައިގެ ގޮތަކަށް ޕާކިންޒޯން ހަދައިގެން ކިހާ ވެހިކަލްއެއްގެ ޕާކިން ހެދިދާނެ ބާވައޭ ހިތަށްއަރާ. ކުރިން ހަދާފައިވާ ޕާކިން ސިސްޓަމެއްގެ ބިމުގެ އޭރިއާ އެއްގައި ގާތްގަނޑަކަށް 30 އަކަށް ސައިކަލް ޕާކްކުރެވޭ. މިހާރު އެވަރުގެ އޭރިއާއެއްގައި ގިނަވެގެން ބެހެއްޓެނީ 10 ވަރަކަށް ސައިކަލް. ބިމުގެ ދަތިކަން އޮތްހިނދު މާލޭގައި ބިމުގެ ޖާގަ އެންމެ އެފިޝަންޓް ގޮތެއްގައި ބޭނުން ކުރެވޭނެ ގޮތަކަށް ވިންނަން އެބަޖެހޭ. ކޮންމެގޮތެއްގައިވެސް ޕާކިން ބުރި ބުރި އަށް އުސްކުރުން އެބަޖެހޭ.
ޑަބަލް ދެކް ޒޯންއަަކަށް ހަމަ ނިހެދެނީ ތަ، ސލޯޕް ރއނޑް ގޭޓްވޭ އެއްކަހަލަ