އދ. މަހިބަދޫ ތުނޑީކޮޅުގައި އޮތް ޒަމާންވީ ކުނިގޮނޑެއް ނައްތާލައި "ބުންބަރު ޕަބްލިކް ބީޗް" ގެ ނަމުގައި އެތަނުގައި ޕިކްނިކް ވިލެޖެއް ހުޅުވައިފިއެވެ.

މަހިބަދޫ ކައުންސިލްގެ ރައީސް އަހުމަދު ހަލީލް ވީނިއުސްް އަށް ވިދާޅުވީ، އެރަށުގެ އަތިރިމަތީގައި އެކި ދުވަސްތައްމަތިން ކުނިއަޅަމުން އައި އަތިރިމަތި ގޮނޑަކަށް ވެފައި ވަނިކޮށް، އެ ސަރައްހައްދު ސާފުކޮށް ހިތްފަސޭހަ މާހައުލަކަށް ބަދަލުކުރީ، ރަށުގައި ރައްޔިތުން މޫދަށް އެރި ހިތްފަސޭހަކޮށްލާނެ ސަރަހައްދެއް ނެތުމުން ކަމަށެވެ.

ހަލީލް ވިދާޅުވީ، ކައުންސިލުން ފަރާތުން، އެތައް ތަރައްގީކުރީ މަހިބަދޫ އަކީ ކައިރީގައި ދަތުރުދާނެ ރަށެއް އަދި ފިނޮޅެއް ނެތް ރަށަކަށް ވުމުން، އެފަދަ މާހައުލެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. ޚަލީލް ވިދާޅުވީ މަހިބަދޫ އަކީ ވަށައިގެން އޮޑިދޯނިފަހަރު އެހެލައި އޮޑިހަރުގެތައް ހުރި ރަށެއް ކަމަށެވެ. އެހެންކަމުން ޕިކްނިކް ވިލެޖަކަށް ހަދަން ނިންމީ، ރަށުގެ ތުނޑީކޮޅުގައި މީގެ 18 ވަރަކަށް އަހަރުކުރިން ފެށިގެން ކުނިއަޅަމުންދިއަ ސަރަހައްދު ކަމަށެވެ.

ކުނިގޮނޑުގައި ތަރައްގީކުރި ޕާކް - ފޮޓޯ .ހޯރަ

ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ކައުންސިލްގެ ރައީސްގެ އިސްނެންގެވުމުގެ މަތިން އެތަނުގެ ލޭންޑްސްކޭޕް ތައްޔާރުކޮށް އެ ސަރަހައްދު ތަރައްގީކޮށް ނިންމާލެވުނީ ގާތްގަނޑަކަށް ދޮޅު އަހަރުން ކަމަށެވެ. އަދި އެތަން ތަރައްގީކޮށް ޖުމްހޫރީ ދުވަހާއި ގުޅުވައިގެން އެތަން ހުޅުވިގެންދިއައީ ކުޑަކުދިންގެ ހަވީރަކާއި އެކުގައި ކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ، ޕިކްނިކް ވިލެޖުގައި ހަދާފައިވާނީ ވަރަށް ހިތްގައި ގޮތަކަށް ކަމަށާއި، އެތަނުގައި ތަފާތު ގަސްގަހާއި ގެހި އިންދާފައިވާނެ ކަމަށެވެ. އަދި އިންދާފައިވާނީ ރަށުން ނެތެމުންދާ ގަސްގަހާއި ގެހި އާލާކުރުމަށް ކައުންސިލް އިދާރާގައި ނާސަރީއެއް ހަދައި، މުޑުވައްކޮށްގެން އެފަދަ ގަސް ކަމަށްވެސް ހަލީލް ވިދާޅުވިއެވެ.

މަހިބަދޫ ޕިކްނިކް ވިލެޖް

މަހިބަދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، މަހިބަދޫގައި، ކަށިކެޔޮ، މަގޫގަސް ފަދަ ހޭޅިގަސްތައްވެސް ވަނީ މުޅިންހެން ނެތިގޮސްފައެވެ. ނަމަވެސް މި ހުޅުވުނު ޕިކްނިކް ވިލެޖާއި އެކު އެތަން ފެހިވެ، ރަށުގެ ރައްޔިތުންނާއި ކުދިބޮޑު އެންމެން ޖަމާވެ އިޖުތިމާއީ ގުޅުން ބަދަހިވެގެންދާނެ ވިލެޖަކަށް އެތަން ބަދަލުވެގެން ގޮސްފައިވާ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މަހިބަދޫ ކައުންސިލުން ބުނީ، ޕިކްނިކް ވިލެކް ތަރައްގީކުރުމަށް، ކައުންސިލްގެ މެންބަރުންނާއި އިދާރީ މުވައްޒަފުން އަދި އެކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.