ރާއްޖޭގައި އޮތް ސިޔާސީ ފިކުރުތަކުގެ ތެރެއިން ހަމައެކަނި ނަތީޖާ ނެރެދޭ ފިކުރަކީ ޖުމްހޫރީ ފިކުރު ކަމަށް ޖޭޕީގެ ނައިބު ރައީސް އަޙުމަދު ސަޢުދު ވިދާޅުވެއްޖެއެވެ.

އަޙުމަދު ސަޢުދު ވިދާޅުވީ އަބަދުވެސް އެންމެ ފަހުވަގުތު ކޮންމެ މީހަކުވެސް ބުނަނީ ފިކުރަކީ ޖުމްހޫރީ ޕާޓީގެ ފިކުރު ކަމަށެވެ.

އެގޮތުން ސަޢުދު ވިދާޅުވެފައިވަނީ އަމިއްލައަށް ފިކުރެކޭ ކިޔައިގެން އުޅޭ ބަޔަކު އެނޫން އެހެން ފިކުރެއް ނެތް ކަމަށްބުނެ ދައްކަމުންދަނީ އެމްޑީޕީގެ ފިކުރެއްގެ ވާހަކަ ކަމަށެވެ.

އެގޮތުން އެމްޑީޕީއާއި ޕީޕީއެމް ނުވަތަ އޭރު އޮތް ޑީއާރުޕީ އަދި ޖުމްހޫރީ ޕާޓީ ފިޔަވައި އެނޫންވެސް ސިޔާސީ ޕާރޓީތަކަށް އިޝާރާތް ކުރައްވައި، ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ބަޔަކު އަބަދުވެސް ފިކުރެކޭ ބުނާނެ ކަމަށެވެ. އަދި އެކަން އެގޮތަށް އެހެން އެވީ ވެރިކަން ލިބިގެން އެއިން ވަކި ބަޔަކަށް ސަރުކާރުން މަންފާތަކެއް ވާތީ ކަމަށެވެ.

އެވާހަކަ އެގޮތަށް ވިދާޅުވެފައިވަނީ އެމްޑީޕީއަށް ވެރިކަން ލިބުމުން ފިކުރަކަށް އެމީހުންވެގެން އުޅުނު އިރާއި ޑރ. ވަޙީދުގެ ސަރުކާރުގައި ބޮޑުފަޅިނަގަގެން އުޅުނު މީހުނާއި ޕީޕީއެމަށް ވެރިކަން ލިބުނު އިރުވެސް ފައިދާއަކާއި ނުލައި ނަތީޖާ ނެރެދެއްވި ބޭފުޅަކީ ޤާސިމް އިބްރާހީމާއި އެމަނިކުފާނުގެ ޖުމްހޫރީ ޕާޓީ ކަމަށްވާތީ ކަމުގައެވެ.

ޖުމްހޫރީ ޕާރޓީގެ ނައިބު ރައީސް ކުރެއްވި ޓްވީޓް

މި ޓްވީޓުގައި އިތުރަށް ސަޢުދު ވިދާޅުވެފައިވަނީ، ޤާސިމް އިބްރާހީމް ފެނިގެން ގޮސްފައިވަނީ ފިކުރުތަކުގެ ފިކުރު ކަމުގައެވެ. މުޅީން ތަފާތުކޮށް ކަމަށެވެ. އަދި ހުރިހާ ގަދަ ކަނޑުގައި އެއިން އެއްވެސް ބައެއްގެ އެހީތެރިކަމެއްނެތި ފައްތަވަމުން އެމީހުނަށް ހިތްވަރު ގެނެސްދެއްވި ބަޠަލަކީ ޤާސިމް ކަމަށާ އެ ގަދަ ކަނޑުތަކުގެ ގަދަ އޮއިވަރު ތަކުގެތެރެއަށް އެއްލައިލީމާވެސް ފައްތަވާފައި ހިކިފަސްތަން އަތުލެއްވި ބޭފުޅަކީވެސް ޤާސިމް ކަމަށެވެ. އަދި އެމީހުން ގަދައަށް ފަތައިގެންވެސް ބަލި ނުކުރެވުނު ފިކުރަކީ ހަމައެކަނި ޤާސިމް ފިކުރުކަމަށް ޓްވީޓް ނިންމަވައިލައްވަމުން އަޙުމަދު ސަޢުދު ވަނީ ވިދާޅުވެފައެވެ.

އަހުމަދު ސަޢުދުގެ މި ޓްވީޓަށް އަލިއަޅުވައިލައްވަމުން ވީނިއުސްއަށް ވިދާޅުވީ، ނަޝީދު ވެރިކަމަށް ގެނެސްދެއްވުމުގެ އެންމެ ފަހު ފިޔަވަޅު ޤާސިމް ނަންގަވައިދެއްވީމާވެސް އެމްޑީޕީން އެމަނިކުފާނަށް އޭރު ދިނީ އަނިޔާ ކަމަށެވެ. އަދި ޕީޕީއެމަށް ވެރިކަން ހޯދުމަށް ޖޭޕީގެ ލީޑަރުގެ ކިބައިން އެހީތެރިކަން ހޯއްދެވުމަށް ވަޑައިގެން، ވެރިކަން ލިބިވަޑައިގަތީމާ ދެން ދިނީވެސް އަދި އެއަށްވުރެ ބޮޑު އަނިޔާއެއް ކަމަށެވެ.

އަޙުމަދު ސަޢުދު ވިދާޅުވީ ޤާސިމްކީ އޯގާތެރި ބޭފުޅެއްކަން ކިޔައިދިނުމަކީ ބަޞަރާއަށް ކަދުރު ވިއްކުންފަދަ ކަމެއް ކަމަށެވެ. މިއަދު އެމަނިކުފާނާއި ދެކޮޅުވެރި ނުވަތަ އިދިކޮޅު ވާދަވެރީން އެމަނިކުފާނަށް ހަމްދަރުދީ ފާޅުކުރާކަމަށް ދައްކަނީ އޭރުގެ ސަރުކާރުތަކުގައި އުޅުނު މީހުނަށް އެމަނިކުފާނު މަޢާފް ދެއްވައި އެމީހުންނަކީ ދިވެހި ރާއްޖޭގެ ރައްޔިތުން ކަމަށް އެމަނިކުފާނު ދެކިވަޑައިގެން އެ ޕާޓީން ގިނަބަޔަކަށް ފުރުޞަތު ދެއްވައިފައިވާތީ ކަމުގައެވެ.

ސަޢުދު ވިދާޅުވީ އެއީ ހަމްދަރުދީ ނޫން ކަމަށެވެ. އަދި ހަމްދަރުދީ ކަމުގައިވާނަމަ އެމަނިކުފާނުގެ އަރިއަހުގައި ނަތީޖާ ނެރެދެއްވުމަށް އެބޭފުޅުން ވަޑައިގަތުމަށް އެބޭފުޅުންނަށް ދަޢުވަތު އަރުވާކަމަށް ސަޢުދު ވިދާޅުވިއެވެ.

ސަޢުދު ވިދާޅުވީ ކޮންމެ ވެރިކަމެއްގައިވެސް ފިކުރަކަށް މިވަނީ ޤާސިމް ކަމުގައެވެ. އަދި އެމަނިކުފާނަކީ ބަލިމާނެއް ކަމަށް ބުނާ މީހުނަށް ފެނިގެން ގޮސްފައިވާނީ އެމަނިކުފާނު އެޅުއްވި ރިތްވަޅުން ގަދަ އޮއިވަރުގައިވެސް އޮޑި ހިފެހެއްޓިތަން ކަމުގައެވެ.